މޯލްޑިވްސް ޒަކާތު ހައުސް އުފައްދަން ނިންމައިފި

ރައީސް އޮފީހުން ބުނި ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" އުފެއްދުމާ އެކު ޒަކާތާއި ގުޅޭ ހުރިހާ ކަމެއް އިތުރަށް ހަރުދަނާ ވެގެން ދާނެ އެވެ.

ޒަކާތް ބަލައިގަންނަނީ: ޒަކާތަށް ހާއްސަ އިދާރާ އެއް އުފައްދަން ވަނީ ނިންމާފައި --

"މޯލްޑިވްސް ޒަކާތު ހައުސް" ނަމުގައި ހާއްސަ އިދާރާ އެއް އުފެއްދެވުމަށް ސަރުކާރުން މިއަދު ނިންމަވައިފި އެވެ.

ސަރުކާރުގެ މި ނިންމުން އައީ މިއަދު އޮތް ކެބިނެޓް ބައްދަލްވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ "މޯލްޑިވްސް ޒަކާތު ހައުސް" ނަމު ގައި ހާއްސަ އިދާރާ އެއް އުފެއްދެވުމަށް މިއަދު އޮތް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ޒަކާތުގެ މަސައްކަތްތަކަށް މިހާރު ހިނގަނީ އިސްލާމިކް މިނިސްޓްރީގައި އެކަމަށް ހާއްސަކޮށް އުފައްދާފައިވާ ސެކްޝަނަކުންނެވެ. 

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފިރުޒުލް މުހައްމަދު ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ

ރައީސް އޮފީހުން ބުނި ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" އުފެއްދުމާ އެކު ޒަކާތާއި ގުޅޭ ހުރިހާ ކަމެއް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަަމަށެވެ. އެ ގޮތުން ޒަކާތް ދައްކާ މީހުން އިތުރު ކުރުމާއި ޒަކާތުގެ ހައްގުވެރީންނަށް އެ ފައިސާ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ހިމެނެ އެވެ.

ޒަކާތުގެ ގޮތުގައި މިހާރު އަހަރަކު ލިބެނީ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އެވެ. "މޯލްޑިވްސް ޒަކާތު ހައުސް" އުފެއްދުމާ އެކު އެ އަދަދު ދެ ގުނަ އިތުރު ކުރުމަކީ އަމާޒެކެވެ. އަދި ޒަކާތާ ގުޅޭ ކަންކަން ހަރުދަނާކޮށް ރާއްޖެ އިން ފަގީރު ކަން ނައްތާލުމަކީ ވެސް މުހިންމު އަމާޒެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.