ހިލޭ ބޯންމެރޯ ހަދައިދީ ތެލެސީމިއާ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެެއް

އެ ގޮތުން ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި އެއް ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓަށް ފުރާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ ކެބިނެޓް --

ތެލެސީމިއާ ކުދީންގެ ތެރެއިން ބޯންމެރޯ ހެދޭ ހުރިހާ ކުދީންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ދައުލަތުގެ ހަރަދުގައި ހެދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ނިންމާފައިވާ ނިންމުންތައް ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފިރުޒުލް މުހައްމަދު ވިދާޅުވީ ތެލެސީމިއާ ކުދީންގެ ތެރެއިން ބޯންމެރޯ ހެދޭ ހުރިހާ ކުދީންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ދައުލަތުގެ ހަރަދުގައި ހެދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.

އެކަމަށް ތާވަލެއް އޮތް ކަމަށް ވިދާާޅުވި އެވެ. އެ ގޮތުން ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި އެއް ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓަށް ފުރާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި އަންނަ އަހަރު ފަސް ކުއްޖަކު ފޮނުވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފިރުޒުލް މުހައްމަދު ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ

ފިރުޒުލް ވިދާޅުވި ގޮތުގައި ކެބިނެޓްގެ ނިންމުމަކީ މިވަގުތު ބޯންމެރޯ ހެދުމަށް ލިސްޓް ކުރެވިފައިވާ ހުރިހާ ކުދީންނަށް ކުރިއަށް އޮތް އަހަރުތަކުގައި އެ ފުރުސަތު ތަނަވަސް ކޮށް ދިނުމެވެ. ނަމަވެސް އެއީ ކިހާ އަހަރަކުން ކަމެއް ވިދާޅެއް ނުވެ އެވެ.

މިވަގުތު ވެސް ބޯންމެރޯ ހެދުމަށް 40 ކުއްޖަކު ވަނީ ލިސްޓް ގައި ޖެހިފައެވެ. ބޯންމެރޯ ހެދޭނީ ސިއްހީ ގޮތުން ވަކި ކަންތައްތަކަކަށް ބެލުމަށް ފަހު އެވެ. ފިރުޒުލް ވިދާޅުވި ގޮތުގައި ލިސްޓް ގައި މިވަގުތު ތިބި ކުދީންގެ ތެރެއިން 35 ކުއްޖަކަަށް ބޯންމެރޯ ހެދޭނެ ކަމަށް ލަފާކޮށް އެ އަދަދަށް ކުދީންނަށް އެ ފުރުސަތު ތަނަވަސް ކޮށްދޭނެ ކަމަށެވެ.

ތެލެސީމިއާގެ ވަށާޖެހޭ ފަރުވާ ލިބޭ ހޮސްޕިޓަލެއް

ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ތެލެސީމިއާގެ ވަށާޖެހޭ ފަރުވާ ލިބޭ ހޮސްޕިޓަލެއް ގާއިމު ކުރުމަށް ވެސް ނިންމާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ހޮސްޕިޓަލް އެޅުމަށް 25 މިލިއަން ޑޮލަރު ހޭދަ ކުރަން ވަނީ ނިންމާފައެވެ. ހޮސްޕިޓަލް އަޅާނީ މާލެ ސަރަހައްދު ގައެވެ.

މި ހޮސްޕިޓަލުން ތެލެސީމިއާ ކުދީންނަށް ބޭނުންވާ ހުރިހާ ފަރުވާ އެއް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. ހޮސްޕިޓަލް ހަދާނީ އެކި ފަރުވާއަށް މާލެ އަންނަ ތެލެސީމިއާ ކުދީންނަށް އެ ހޮސްޕިޓަލް ގައި ތިބޭނެ އިންތިޒާމުތަކާ އެކު ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ތެލެސީމިއާ ކުދީންނަށް ބޭނުންވާ ބޭހާއި އެހެނިހެން ވާސިލަތްތައް އެސްޓީއޯ އިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ. އަދި އަތޮޅުތަކުގައި ހުރި ޓާޝިރީ ހޮސްޕިޓަލްތަކުގައި ބްލަޑް ބޭންކު ގާއިމު ކުރުމާއި ތެލެސީމިއާ ބައްޔަށް ހޭލުންތެރި ކުރުވަން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.