ރައީސް މުއިއްޒު ހުވާ ކުރެއްވި ދަރުބާރަށް 23 މިލިއަން ހަރަދުކުރި

އެކަމަށް 80،114 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ހަރަދުކޮށްފައި ވަނީ މަޖިލީސް އިދާރާގައި ހެދި ސެޓަޕްގައި ސްޓޭޖް ފަޅިތައް ހެދުމަށާއި، އެ ސްޓޭޖް ފަޅިތަކަށް ބޭނުންވާ ކާޕެޓް ގަތުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަނީ: މި ރަސްމިއްޔާތަށް ޖުމްލަ 23.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި --

ޖުމްހޫރީ މައިދާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވި ރަސްމިއްޔާތަށް، ރައްޔިތުންގެ މަޖިލީހުން 23.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ސިވެކްއާ ހަވާލުކޮށްގެން ތައްޔާރުކުރި އެ ރަސްމިއްޔާތައް ޓެންޑާ ބޯޑުން 22.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ކުރިން މަޖިލީސް އިދާރާއިން ބުނެފައިވެ އެވެ. 

މިދިޔަ މަހުގެ 17 ވަނަ ދުވަހު ބޭއްވި އެ ރަސްމިއްޔާތުގެ ހަރަދުތައް އާންމުވެފައިވާއިރު، މޫސުން ތަން ނުދޭނަމަ ބެކްއަޕް ޕްލޭނެއްގެ ގޮތުގައި މަޖިލީސް އިދާރާ އޮތީ ތައްޔާރުކޮށްފަ އެވެ. އެކަމަށް 80،114 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ހަރަދުކޮށްފައި ވަނީ މަޖިލީސް އިދާރާގައި ހެދި ސެޓަޕްގައި ސްޓޭޖް ފަޅިތައް ހެދުމަށާއި، އެ ސްޓޭޖް ފަޅިތަކަށް ބޭނުންވާ ކާޕެޓް ގަތުމަށެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ކުރި ހަރަދު

  •  ޖުމްހޫރީ މައިދާން ތައްޔާރުކުރުން - 22.9 މިލިއަން ރުފިޔާ
  •  ގައުމީ ދިދަތަކާއި ރައީސުލްޖުމްހޫރިއްޔާގެ ދިދަތައް ތައްޔާރުކުރުން - 33،210 ރުފިޔާ
  •  ދައުވަތު ކާޑުތަކާއި އިދާރީ ޕްރޮގްރާމްތަކާއި ސެކިއުރިޓީ ކާޑު ޕްރިންޓް ކުރުން - 152،195 ރުފިޔާ
  •  ހުވާތައް ތައްޔާރު ކުރުން - 24،235 ރުފިޔާ
  •  ބެކްއަޕް ސެޓްއަޕް - 80،114 ރުފިޔާ

މި ރަސްމިއްޔާތަށް ފަހު އެއްވެސް ޖާފަތެއް ދީފައެއް ނުވެ އެވެ. އަދި މި ރަސްމިއްޔާތަށް ވަޑައިގަތް ރާއްޖެއިން ބޭރުގެ އެއްވެސް އިއްޒަތްތެރިއަކަށް މަޖިލީހުން ހަރަދު ކޮށްފައެއް ނުވެ އެވެ.

ހުވާގެ ދަރުބާރުގައި އެކި ގައުމުތަކުގެ އެމްބެސެޑަރުންގެ ލެވެލްގެ 65 ބޭފުޅަކު ބައިވެރިވަޑައިގެންފައިވެ އެވެ. ޖުމްލަ 46 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ. 

ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ސެޓްއަޕް ހަދާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގޮތަށެވެ. ސްޓޭޖް ތައްޔާރުކޮށްފައި ވަނީ މަޖިލީސް ރިޔާސަތު ހުންނަ ގޮތަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.