އެލައިޑް އިންޝުއަރެންސްގެ އެމްޑީގެ މަގާމަށް ލުވައިޒް

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑް އިންޝުއަރެންސްގެ އެމްޑީއަކަށް ލުވައިޒް ހަމަޖައްސާފައިވާއިރު، އޭނާ އަކީ އެ ކުުންފުނީގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެލައިޑް އިންޝުއަރެންސްގެ އާ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވައިޒް --

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން ލުވައިޒް އައްޔަން ކޮށްފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑް އިންޝުއަރެންސްގެ އެމްޑީގެ މަގާމަށް މިއަދު ލުވައިޒް އައްޔަނުކޮށްފައިވާއިރު، އޭނާ އަކީ އެ ކުުންފުނީގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

އެލައިޑަށް މިއަދު އައްޔަނު ކުރި އެމްޑީއަށް އެސްޓީއޯގެ ފަރާތުން ވަނީ މަރުހަބާ ދަންނަވާފަ އެވެ. 

އެލައިޑްގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވީ ޝަފާޒު މުހައްމަދެވެ. އޭނާ އަކީ އޭގެ ކުރީން އެ ކުންފުނީގެ ޑީއެމްޑީ އެވެ.

އެލައިޑް އިންޝުއަރެންސް - އެލައިޑް އިންޝުއަރެންސް އުފެދިފައި ވަނީ 1985 ވަނަ އަހަރު މޯލްޑިވްސްގެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ފަށައިގަތީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކޮމްޕެނީ އާއި މޯލްޑިވްސްގައި ވިޔަފާރީގެ ހުރިހާ ހަރަކާތެއް ހިންގާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ.

އަދި 1987 ވަނަ އަހަރުގެ ކުރީކޮޅު އެސްޓީއޯއިން ވަނީ އެލައިޑް އިންޝުއަރެންސް ޗާޓަރުކޮށްގެން ކޮމާޝަލް ޔޫނިއަން އެޝުއަރެންސްގެ ހިއްސާ އަނބުރާ ގަނެ ދިވެހިންގެ އަމިއްލަ ކުންފުންޏަކަށްވި އެވެ. މިއަދު މި ކުންފުންޏަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ހިއްސާކުރާ އެންމެ ބޮޑު އެއް ފައިނޭންޝަލް އިންސްޓިޓިއުޓް އަދި އެންމެ ފާހަގަކޮށްލެވޭ އިންޝުއަރެންސް ބްރޭންޑެވެ. އެލައިޑް އަކީ ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ ވޮލިއުމް އާއި ވިޔަފާރީގެ ފައިދާގެ ގޮތުން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.