ތިން ދުވަސް ފަހުން އައްޑު އަތޮޅަށް ފެން ދޫކޮށްފި

އައްޑޫއަކީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އަތޮޅެވެ. އެ އަތޮޅުގައި 21،000 ގާތް ކުރާ އަދަދެއްގެ އާބާދީއެއް އޮވެއެވެ.

އައްޑޫ ސިޓީގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ މުޅީން ހައްލުކޮށް ތިން ދުވަސް ފަހުން ސިޓީގެ ގުޅިފައިވާ ރަށްތަކަށް ރޭ ފެން ދޫކޮށްފި އެވެ.

ދެކުނުގެ އެ ސިޓީގެ ފެން ޕްލާންޓުގައި ފެން ދައުރު ކޮށްދޭ އަދި ފެން ދޫކުރާ މިންވަރާއި ބާރުމިން ރެގިއުލޭޓް ކުރާ ވީއެފްޑީ ޑްރައިވް ހަލާކުވެ ފެން ކެނޑުނީ މިދިއަ ބުރާސްފަތި ދުވަހު އެވެ. 

އައްޑޫ ފެނަށް ޖެހުނު މައްސަލަ ހައްލު ކުރަން ދެ ފަހަރެއްގެ މަތީން އެ އަތޮޅަށް ސްޕެއާ ގެންގޮސް މައްސަލަ ހައްލުވީ ރޭގަ އެވެ. އަދި ރޭ ދަންވަރު ވަނީ ފެން ދޫކޮށްފަ އެވެ. ފެން ޕްލާންޓުން ހަލާކުވި ވީއެފްޑީ ޑްރައިވް ފޯރުކޮށް ދިނީ ފެން ކުންފުނިންނެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީއަށް ދިމާވި ފެނުގެ މައްސަލައަކީ ތާވަލު ކުރެވިގެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރަން އިސްކަން ނުދީ އޮތުމާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އިންސްޕެކްޓުކޮށް، ހައްލު ކުރަންޖެހޭ ކަންކަން ހައްލުކުރަން އަންގާ ފޮނުވާފައިވާ ރިޕޯޓާއި ދީފައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލު ނުކޮށް އޮތުމުން ދިމާވި މައްސަލައެއް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

އަދި ބުނީ ފެން ޕްލާންޓަށް މައްސަލަ ދިމާވެ މުޅި ހިދުމަތް މެދުކެނޑުނީ  އެކަށީގެންވާ މިންވަރަށް ފެނުގެ ސްޓޮކެއް ނެތުމުން ކަމަށެވެ. ފެނަކައިން ބުނީ ކުރިޔަށް އޮތް ތަނުގައި އައްޑޫގައި ފެނުގެ ހިދުމަތް ކެނޑިގެން ދިޔަ ނުދޭން ފެނުގެ ސްޓޯރޭޖު އިތުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އައްޑޫއަކީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އަތޮޅެވެ. އެ އަތޮޅުގައި 21،000 ގާތް ކުރާ އަދަދެއްގެ އާބާދީއެއް އޮވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.