ހުޅުމާލޭގައި ކުޑަކުއްޖަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި

މާލެ-އައްޑޫގައި މާރާމާރީތައް ގަދަވެފައިވާއިރު ފުލުހުންގެ އައްޑޫ އޮޕަރޭޝަނެއްގައި 12 މީހުން ހައްޔަރުކޮށް މާރާމާރީ ހިންގަން ތައްޔާރު ކޮށްފައި ހުރި ބައެއް ހަތިޔާރު އަތުލާފައި ވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލޭގައި ހިންގާ ސެންޓްރަލް މޯލްގެ ލިފްޓް ތެރޭގައި ކުޑަކުއްޖަކަށް ހަމަލާދީ ޒަހަމު ކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މޯލްގައި ކުޑަކުއްޖަކަށް ރޭ ތޫނު އެއްޗަކުން ހަމަލާދީފައި ވާތީ ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުސް އިދާރާއާ ހިއްސާ ކުރަން ވެސް އެ ހިދުމަތުން އެދިފައި ވެއެވެ.

ކުޑަކުއްޖާއަށް ލިބުނު ޒަހަމްތަކާއި އޭނާގެ ހާލާ ބެހޭ ގޮތުން މައުލޫމާތެއް ސާފެއް ނުވެއެވެ.

މި ހާދިސާ ހިނގި އިރު މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ހުޅުމާލޭގެ އެޕާޓްމަންޓެއްގެ ތެރޭގައި ބެސް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފަ އެވެ.

އަދި މިދިއަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގްރޫޕް މާރާމާރީތަކެއް މާލޭގައި ހިންގި އެވެ. މީގެ އިތުރުން އެފަދަ ގިނަ މާރާމާރީތަކެއް ދެކުނުން އައްޑު އަތޮޅުގައި ވެސް ހިންގާފައި ވެއެވެ. 

މާލެ-އައްޑޫގައި މާރާމާރީތައް ގަދަވެފައިވާއިރު ފުލުހުންގެ އައްޑޫ އޮޕަރޭޝަނެއްގައި 12 މީހުން ހައްޔަރުކޮށް މާރާމާރީ ހިންގަން ތައްޔާރު ކޮށްފައި ހުރި ބައެއް ހަތިޔާރު އަތުލާފައި ވެއެވެ. 

އައްޑޫން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ.

ކުށުގެ އިސްލާހު

މިއީ ހިނގާފައިވާ ހާދިސާއެއް ނޫން ކަމަށް ފުލުހުން މިހާރު ވަނީ ބުނެފަ އެވެ. މި ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓް ކުރީ ކުރިން ފުލުހުން ދިން މައުލޫމާތުގެ މައްޗަށެވެ. މިފަދަ ކަމެއް ނުހިނގާ ކަމަށާއި، މިފަދަ ކަމެއް ހިނގާފައިވާކަން ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިހާރު ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.