"ހިއުމަން ރައިޓްސް 75" އަށް ނައިބު ޖެނީވާއަށް ވަޑައިގެންފި

ނައިބު ރައީސް ޖެނީވާއަށް ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށް ފަހު އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު: މިއަދު ޖެނީވާއަށް ވަޑައިގެންނެވި

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަ ކުރަން ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، މިއަދު ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފި އެވެ. 

އެ ހަރަކާތްތައް އޮންނާނީ މި މަހުގެ 11 އިން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އަދި އިންސާނީ ހަގުތަކުގެ މުސްތަގުބަލާއި ތިމާވެއްޓާއި މޫސުމާބެހޭ މައުލޫތަކަށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގައުމުތަކުގެ ޢިއްޒަތްތެރިންނާއި އދ. ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.

ނައިބު ރައީސް ޖެނީވާއަށް ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށް ފަހު އެވެ.

ކޮމެންޓް

1
450
އުސްތާޒް
7 months ago

ދެން ތިބޭ ދަތުރު ކޮށްލަކޮށްލާ ރައްޔިތުންގެ ޓެކްސް ފައިސާތަށް ހުސްވަންދެން އެއަށްފަހު ފައިސާ ޗާޕުކޮށްގެންވެސް ވާނީ ތިކަން ކުރަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.