ވަރިވާންދިޔަ މީހާއަށް މެސެޖުކުރި ގާޒީ ވަކިކުރަން ނިންމީ ރަނގަޅަށް

ޖޭއެސްސީން ބުނީ ވަރިވާން ހުށަހެޅި އަންހެން މީހާއަށް އަލީ އާދަމް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އޭނާގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.

ވަރިވާން އެދި ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމުގެ ތުހުމަތު ކުރެވޭ އެ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ވަކި ކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީން ނިންމައިފި އެވެ.

އޭނާގެ މައްސަލަ މަޖިލީހަށް ފޮނުވީ މިދިއަ ޖުލައި މަހުގައެވެ. އޭގެ ފަހުން އޮކްޓޫބަރުގައި ދެވަނަ ފަހަރަކަށް މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ.

ޖޭއެސްސީން ބުނީ ވަރިވާން ހުށަހެޅި އަންހެން މީހާއަށް އަލީ އާދަމް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އޭނާގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި އޭނާ ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ސާބިތުވާ ކަމަށެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމީ އެ ދެ މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނާއި އެފަދަ މައްސަަލަތައް ބެލުމަށް، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.