އައްޑޫއަށް ފެން ނުލިބި މިހާ ދުވަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ކައުންސިލް

މިކަމެއް ދިމާވުމާއެކު ފެނަކައިން އަންނަނީ އެ މައްސަލަ ހައްލުކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ނަމަވެސް އަދި މިހާނަށް އެކަށީގެންވާ އަލިމަގެއް ނުފެނެ އެވެ.

އައްޑޫއިން ފެން ކެނޑިފައިވާ މައްސަލައަޢް އަދިވެސް ހައްލެއް ނުލިބޭ -- ފޮޓޯ: ވަގުތު

އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑިގެން މިހާ ދުވަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އައްއްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑުނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ފެން ކެނޑިފައި ވަނީ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެނެވެ/

އައްޑޫ ސިޓީ ކައުންސިލް މެންބަރު އިބްރާހީމް ޝިނާޒް، "މި" ނޫހަށް ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ ތެރެއިން މަރަދޫ އާއި ހިތަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫއަށް ފެން ފޯރު ކޮށްދެނީ ހިތަދޫގައި ބަހައްޓާފައިވާ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓުން ކަމަށާއި ނަމަވެސް މައްސަލަ ދިމާވިފަހުން އެ ރަށްރަށުން އެއްކޮށް ފެން ކެނޑިފައި ކަމަށެވެ. 

އޭނާ ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިއްމު އަސާސީ ހިދުމަތްކަމުގައިވާ ފެން ނުލިބި މިހާ ދުވަސް ވުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި މިހާރު ލަފާ ކުރެވޭ ގޮތުން ނަމަ ކުރިއަށް އޮތް ދޭއް ނުވަތަ ތިން ދުވަސް ފަހުން ނޫނީ ފެން ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. 

"މައްސަލަ ހައްލުކުރަން މަސައްކަތް ނުކުރެއެކޭ ނުބުނަން. އެންމެ ފުރަތަމަ މި މައްސަލަ ދިމާވުމުން ހުޅުމީދޫގަ އިން ސްޕެއާޕާޓެއް ނެގެސްގެން ފިކްސް ކުރެވޭތޯ މަސައްކަތް ކުރި. ނަމަވެސް އެކަމެއް ނުވި. ދެން ރޭ ނޫން ކުރީ ރޭ 10 ޖެހިއިރު މާލެއިން އެމްޑަބްލިޔުއެސްސީގަ އިން އެއްޗެއް ހަމަޖެހުނީ. ހަމަޖެހިގެން ވެސް އޭތި މި ތަނަށް ގެނެވުނީ ރޭ އިރު އޮއްސުނު ފަހުން. ހެނދުނު ފްލައިޓުން އޭތި ގެންނާނެ ކަމަށް ފެނައިން އޮންނާނެ ޓްވީޓްވެސް ކޮސްފަ. ނަމަވެސް ކޮންމެ ވެސް ބަޔަކު އެކަމަށް ދޭންވާ ސަމާލުކަން ނޫނީ މިކަމުގެ މުހިއްމުކަން ނޭނގުނީމަ ކަންނޭނގެ މިހެން މިވީ،" ޝިނާޒް ވިދާޅުވި އެވެ. 

"މިކަލަ ކާރިސާއެއް ދިމާވީމަ، ފްލައިޓެއް ޗާޓަރު ކޮށްގެން ނަމަވެސް ސްޕެއާ ގެންނަން ސަމާލުކަން ނުދެވުނީތީ އަޅުގަނޑުމެން އެކަމާ ހިތާމަ ކުރަން. މިވާހަކަ ދައްކަން ހަމަ ހަގީގަތުގަ ވެސް ދެރަވޭ،" 

އޭނާ ވިދާޅުވީ މި މައްސައާ ހެދި، އައްޑޫގެ ގިނަ ގެތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށާއި އެގޮތުން ބައެއް ގެތަކުގައި ހަމައެކަނި ޕްލާންޓް ފެން ބޭނުންކުރާ މީހުން ވެސް ތިބިއިރު، އަނެއްބައި ގެތަކުގައި ދިރިއުޅޭ މީހުންނަކީ ވަޅުފެން ބޭނުންކުރާ ކަމަށެވެ.

"ފްލެޓް ސަރަހައްދުގަ ދިރިއުޅޭ ރައްޔިތުން އުޅެނީ އެ ފެނަށް ވަރަށް ބޮޑަށް ބަރޯސާ ވެގެން. ބައެއް ސަރަހައްދު ތަކުގަ ވަޅުން ނަގާ ފެނަނީ ނަޖިސް ހުންނަ ރަނގަޅު ނޫން ފެންކަން ރައްޔިތުންނަށް އެނގޭނެ. އެހެންވީމަ އެ ފެން މިހާރު ބޭނުމެއް ނުކުރެ. ގިނަ ގޭގޭގަ ފެންވަރަން ބޭނުން ކުރަނީ މިނެރަލް ވޯޓާ. އެހެންވީމަ މިވަރުގެ ސީރިއަށް ކަމެއްގަ އެހާ ޓައިމް ނެގީމަ އެކަން ބަލައި ނުގަނެވޭނެ،" ޝިނާޒް ވިދާޅުވި އެވެ.

މިކަމެއް ދިމާވުމާއެކު ފެނަކައިން އަންނަނީ އެ މައްސަލަ ހައްލުކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ނަމަވެސް އަދި މިހާނަށް އެކަށީގެންވާ އަލިމަގެއް ނުފެނެ އެވެ.

ކޮމެންޓް

1
450
ދދދ
7 months ago

ތިޔާ އައްޑޫމިހުންނަކީ ވަރަށް ޝުކުރުނުކުރާ ކެއްތެރިކަން ކުޑަބައެއް.ނިކަން ދެކިބަލަ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން އުޅޭޙާލު.ކުޑައިރުކޮޅަކަށްވެސް ފެންނުލިބުނިމާ އުޅެންޖެހޭޙާލު އިޙްސާސް ވެއްޖެއްނު. ފާއިތުވިފަސްއަހަރު ވީއިހުމާލު ހިތަކަށްނާރާނޭ.ކައުންސިލުން މޮޅެތި ބަޔާންތައް ނެރެނެރެދެން ތިބެނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.