މިނިސްޓަރު ވިދާޅުވީ އިސްކަމެއް ދޭނެ ކަންކަމުގެ ތެރޭގައި ގަނޑުކުރި ރޯމަހުގެ ބަދަލުގައި ރޯ މަހުން ބާވަތްތައް އުފައްދާ އެއަށް އަގެއް އިތުރުކޮށް ވިއްކުން ހިމެނޭކަމަށެވެ.
ދެކުނުގައި މަސް ބަންދު ކުރާ 50 ޓަނުގެ ފެސިލިޓީއެއް ގާއިމު ކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅު ވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސް ބަންދުކުރާ ކާރުހާނާއެއް ދެކުނުގައި ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ދެކުނުގައި އެފަދަ ފެސިލިޓީއެއް ގާއިމު ކުރުމަކީ މަސްވެރިކަމުގެ ދާއިރާ ކުރިއަށް ގެންދަން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ދެކުނަށް ހާއްސަ ކުރަނީ މަސް ޕްރޮސެސްކުރެވޭނެ 50 ޓަނުގެ ޕްލާންޓެކެވެ. ނަމަވެސް އޭގެ ތަފުސީލުތައް އަދި ހާމައެއް ނުކުރައްވަ އެވެ.
"ދެކުނުން މަސް ބާނައިގެން ކޫއްޑުއާ ހަމައަށް ގެންނަންވެސް 40 މޭލު ދުއްވަންޖެހޭ އެދޭތެރޭގައި ރަނގަޅު ކަލެކްޝަން ފެސިލިޓީއެއް ބޭނުންވޭ ފިއޯރީއާ ފަރެސްމާތޮޑާޢާ ވާދޫ ހިސާބުން ވަރަށް އަވަހަށް ތަނެއް ނިންމާނަން. ފަންޑުވެސް ހުރީ ލިބިފައި" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިސްކަމެއް ދޭނެ ކަންކަމުގެ ތެރޭގައި ގަނޑުކުރި ރޯމަހުގެ ބަދަލުގައި ރޯ މަހުން ބާވަތްތައް އުފައްދާ އެއަށް އަގެއް އިތުރުކޮށް ވިއްކުން ހިމެނޭކަމަށެވެ.