އާބަންކޯއާ ގުޅޭ ޝަކުވާތައް ސީދާ އެމްޑީއަށް ހުށަހެޅޭ ނިޒާމެއް

އާބަންކޯ އިން ބުނީ "އާސްކް އެމްޑީ" މެދުވެރިކޮށް ސުވާލާއި ހިޔާލު އަދި ޝަކުވާ ސީދާ މެނޭޖިން ޑިރެކްޓަރަށް ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ކަންކަން ހުށަހެޅުމަށް އެ ކުންފުނިން ވަނީ އީމެއިލެއް ހަމަޖައްސާފަ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމަ ފަޒުލް ރަޝީދު، ކުންފުނީގެ މުވައްޒަފުންތަކަކާއެކު -- ފޮޓޯ: އާބަންކޯ

އާބަންކޯ އިން ދެމުންގެންދާ ހިދުމަތްތަކާ ގުޅޭ ޝަކުވާތަކާއި، އާންމުންގެ ހިތުގައި އުފެދޭ ސުވާލުތައް ސީދާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ހުށަހެޅޭ ނިޒާމެއް ގާއިމްކޮށްފި އެވެ.

އާބަންކޯ އަކީ ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮވެ، ގިނަ ހިދުމަތްތަކެއް އާއްމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންގެންދާ ކުންފުންޏެކެވެ. އެހެންކަމުން، އާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ، ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން "އާސްކް އެމްޑީ" ގެ ނަމުގައި މިހާރު ވަނީ ނިޒާމެއް ގާއިމްކޮށްފަ އެވެ.

އާބަންކޯ އިން ބުނީ "އާސްކް އެމްޑީ" މެދުވެރިކޮށް ސުވާލާއި ހިޔާލު އަދި ޝަކުވާ ސީދާ މެނޭޖިން ޑިރެކްޓަރަށް ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ކަންކަން ހުށަހެޅުމަށް އެ ކުންފުނިން ވަނީ އީމެއިލެއް ހަމަޖައްސާފަ އެވެ.

"askmd@urbanco.mv އަށް ކުރައްވާ މެއިލްތަކަށް ސީދާ އެމްޑީ ޖަވާބުދާރީވެ، މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެމްޑީ ވަނީ އަރުއްވާފައި،" އާބަންކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކުންފުނީގެ ހިންގުމަށް ބަދަލުތައް ގެނެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އެ ކޯޕަރޭޝަންގެ މެނޭޖްމަންޓުން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން ގެންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.