އިންޑިއާ ސިފައިން ބޭލުން: ކޯ ގްރޫޕުން މަގުދައްކާ ގޮތެއް ބަލަން ތިބެމާ

ރާއްޖޭގައި އިންޑިއާ ސިފައިން ރާއްޖޭން ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާއިރު އިންޑިއާއިން އެކަމަށް އެއްބަސްވެ އެކަމުގެ ކަންކަން ހިނގާ ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ބުނެފަ އެވެ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރީ ރަސްމީ ތަރުޖަމާނު އަރިންދަމް ބަގުޗީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގައި ދެ ގައުމުގެ މެދުގައި އުފައްދާ ކޯ ގްރޫޕުން މަގު ދައްކާ އެ ކަމުގައި ބުނާ އެއްޗެއް ބަލަން ތިބެން ޖެހޭ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރީ ރަސްމީ ތަރުޖަމާނު އަރިންދަމް ބަގުޗީ ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު އަރިންދަމް ބަގްޗީ ކޮންމެ ހަފުތާއަކު އެއް ފަހަރު ބާއްވަވާ މީޑީއާ ބްރީފިންގެ އެންމެ ފަހުގެ ނިއުސް ބްރީފިންގައި "ނިއު އިންޑިއަން އެކްސް ޕްރެސް" ގެ ނޫސްވެރިޔާ ޔެޝީ ސެލީ ސުވާލެއް އަމާޒު ކުރީ ދިވެހި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅުވައިލަ އެވެ.

ޔެޝީ ސެލީ އަކީ "ނިއު އިންޑިއަން އެކްސްޕްރެސް" ސީނާ އެޑިޓަރެކެވެ. 

އޭނާގެ މައިގަނޑު ސުވާލަކީ އިންޑިއާ ސިފައިން ދިވެހި ރާއްޖޭން ފޭބުމުގެ އަޕްޑޭޓަކީ ކޮބައިހެވެ؟ ދިވެހި ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ފައިބައިގެން ދާން ޖެހޭނެ ކަމަށެވެ. އެކަމުގައި އޮތް އަޕްޑޭޓަކީ ކޮބައިހެވެ؟ ބައެއް އަދަދުތައް ބުނާ ގޮތުން އެއީ 77 ސިފައިންނެވެ. އަދި ބައެއް މީހުން ބުނަނީ 89 ސިފައިން ކަމަށެވެ. ސިފައިން ތިބި ސީދާ އަދަދަކީ ކޮބައިހެވެ؟ 

ޔެޝީގެ އެ ސުވާލާ ގުޅިގެން ސްޕޯކްސް ޕާސަން ބަގްޗީ ވިދާޅުވީ ޔުނައިޓެޑް އަރަބި އެމެރިރޭޓްސްގެ ދުބާއީ އޮތް ކޮޕް-28 ގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދިވެހި ރާއްޖޭގެ އާ ރައީސާ ދެމެދު ވާހަކަތައް އޮތެވެ. 

"އެނގިވަޑައިގަންނަވާނެ ފަދައިން، ތިޔަ އިޝާރާތް ކުރައްވާ ސިފައިން ނުވަތަ އަސްކަރީ މުވައްޒަފުން ނުވަތަ އިންޑިއާގެ މުވައްޒަފުން، އެއީ އިންޑިއާއިން [ރާއްޖެއަށް] ފޯރު ކޮށްދޭ ޕްލެޓްފޯމްތަކަށްޓަކައި ތިބި ބައެއް. އަދި މި ޕްލެޓްފޯމްތަކުން [ރާއްޖެއަށް] ވަރަށް ބޭނުންވާ އިންސާނީ އެހީތެރި ކަމާއި މެޑިކަލް އިވެކުއޭޝަންގެ ވަސީލަތްތައް ރައްޔިތުންނަށް ފޯރު ކޮށްދެމުން އަންނަނީ." އޭނާ ވިދާޅުވި އެވެ.

ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ އޭނާ ދެން ވިދާޅުވީ "އެ ހިދުމަތްތަކަކީ ދިވެހިރާއްޖޭގެ ސަރުކާރުން ތައުރީފު ކުރަމުން އަންނަ ކަމެއް" ކަމަށެވެ. 

"އަޅުގަނޑު ދެންނެވިފަދައިން، ދުބާއީގައި، މަޝްވަރާގައި ދެ ގައުމުގެ ޕާޓްނާޝިޕް އިތުރަށް ފުޅާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން، ބޮޑުވަޒީރާއި ރައީސް މަޝްވަރާތައް ކުރެއްވި. އެ ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަތީ ކޯ ގްރޫޕެއް އުފެއްދުމަށް އަދި ކޯ ގްރޫޕް ބުނާ އެއްޗަކުން އަޅުގަނޑުމެންނަށް މަގުދައްކައި ދޭނެ ގޮތެއް ބަލާލަމާ ހިނގާ... އެހެންވީމާ މިވަގުތަށް މިއީ އަޅުގަނޑުގެ މިކަމަށް ދޭން އޮތް ޖަވާބަކީ،" 

ރާއްޖޭގައި އިންޑިއާ ސިފައިން ރާއްޖޭން ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާއިރު އިންޑިއާއިން އެކަމަށް އެއްބަސްވެ އެކަމުގެ ކަންކަން ހިނގާ ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ސަރުކާރުން އިންޑިއާ ސިފައިންގެ ތިބި ކަމަށް ބުނާ އަދަދުތަކުގެ ނަމްބަރު ކިޔާ ގޮތުން ފާޑު ކިޔުންތައް އަމާޒުވެފައި ވެއެވެ. 

ކޮމެންޓް

1
450
ޔަހޫ
7 months ago

ކީއްވެތަ މީނަ އަށް ނުބުނެވެނީ ކިތައް ސިފައިން ކަންތިބީ؟؟ ކޮން އިރަކުންހޭ އިންޑިއާ ސިފައިން ބާލަނީ . އެތަން ބަލަން ދާން މިހާރު އާ ހެދުމެއްވެސް ފަހައިފިން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.