މަލީހް ވިދާޅުވީ މިއަދު މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މީހުންގެ ސޮޔާއެކު އުފައްދަން ހުށަހަޅާ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އުފައްދަން މަސައްކަތް ފަށާފައިވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ރަޖިސްޓްރީ ކުރަން ހުށަހަޅާނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ސޮއި ހަމަކުރުމަށްފަހު ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
ޕާޓީ ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނީ 3،000 މެންބަރުންގެ ސައްހަ ފޯމާއެކު އެވެ. މިދިޔަ ބުރާސްފަތި ދުވަހު ޕާޓީ އުފައްދަން ހުށަހަޅަން އުޅުނު ނަމަވެސް ބައެއް ރަށްރަށުން ފޯމް ނުލިބޭތީ އެކަން ވަނީ ފަސްކޮށްފަ އެވެ.
މަލީހް ވިދާޅުވީ މިއަދު މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މީހުންގެ ސޮޔާއެކު އުފައްދަން ހުށަހަޅާ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށެވެ.
"ދިވެހިރާއްޖޭގައި މީހުން ދިރި އުޅޭ ހުރިހާ ރަށެއްގެ ރައްޔިތުން ފުރަތަމަ 3000 މެމްބަރުންގެ ތެރޭގައި ހިމެނިގެން ރަޖިސްޓްރީ ކުރެވޭ ފުރަތަމަ ޕާޓީއަކީ ރައީސް ޔާމީންގެ ޕާޓީއަށް ހެދުމުގެ މަސައްކަތް މިހާރު މިކުރެވެނީ. ފޯމުތައް ޕާޓީ ފްރަންޓް އޮފީހަށް ލިބުނީމަ އަންގާނަން ކޮން ރަށެއްތޯ މަދީ،" މަލީހް ވިދާޅުވި އެވެ.
އެ އަދަދަށް ސައްހަ ފޯމް އިލެކްޝަނަށް ކަށަވަރު ކުރެވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދޭނެ އެވެ. އެ ޖަލްސާ ބާއްވަން ޖެހޭނީ 300 މެންބަރުންނާއެކު އެވެ. އެ އަދަދު ހަމަވޭތޯ ވެސް ކޮމިޝަނުން ބޯ ގުނާނެ އެވެ. އޭގެ ފަހުން ޕާޓީ ރަޖިސްޓަރީ ކޮށްދީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޖައްސައި ދޭނެއެވެ.
އެންމެ ފަހުން ރާއްޖޭގައި އެއްމެ އަވަސް މިނެއްގައި މަސައްކަތްކޮށް ރަޖިސްޓަރީ ކުރަން ހުށަހެޅީ "ދަ ޑިމޮކްރެޓްސް" އުފައްދާށެވެ. ރައީސް މުހައްމަދު ނަޝީދަށް އެ މަނިކުފާނުގެ ވަފާތެރިން ހަދައިދިން ޑިމޮކްރެޓްސް ރަޖިސްޓަރީ ކުރަން ވެއްދީ 3560 މެންބާޝިޕް ފޯމް ހަމަ ކޮށްގެނެވެ.