"ފުށިދިއްގަރު ޕްރޮޖެކްޓް ބަޖެޓުން ނެގުމަކީ ރައްޔިތުން ގައިގަ ކޮޅުފައިން ޖެހުން"

ފުށިދިއްގަރު ފަޅު މަޝްރޫއަކީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ޓަކައި ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު ތަސައްވުރެއް އޮތް މަޝްރޫއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

ދައުލަތުގެ ބަޖެޓުން، ފުށިދިއްގަރުފަޅު ޕްރޮޖެކްޓް، އުނިކުރަން ނިންމުމަކީ ރައްޔިތުން ބޯހިޔާވަހިކަމަށް ކުރާ އުއްމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށް ބޯހިޔާވަހި ކަމުގެ މަސައްކަތް ކުރަން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން، (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބަޖެޓް ކޮމިޓީން ފާސް ކުރިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގަން ރާވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، ފުށިދިއްގަރުފަޅު ޕްރޮޖެކްޓް ވަނީ ބަޖެޓުން އުނިކޮށްފަ އެވެ. 

ފުށިދިއްގަރުފަޅު މަޝްރޫއަށް 2024 ގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. 

މި މައްސައިގެ ކަންބޮޑުވުން ފައުޅު ކުރައްވައި، ހަމްދާން އެކްސްގައި ވިދާޅުވީ ފުށިދިއްގަރުފަޅު ޕްރޮޖެކްޓް، ބަޖެޓުން އުނިކުރަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ނިންމުމަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުއްމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

"ދައުލަތުގެ ބަޖެޓުން ފުށިދިއްގަރުފަޅު ޕްރޮޖެކްޓް އުނިކުރަން އެމްޑީޕީ މެޖޯރިޓީ މަޖިލިސް ކޮމިޓީ އިން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން،" ޝަކީލް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު، ބަޖެޓް ކޮމިޓީން ގެނައި ބައެއް ބަދަލުތަކާ ގުޅިގެން މިހާރު ބަޖެޓްގެ ޖުމްލަ އަކީ 49.8 ބިލިއަން ރުފިޔާ އެވެ.

ފުށިދިއްގަރު ފަޅު މަޝްރޫއަކީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ޓަކައި ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު ތަސައްވުރެއް އޮތް މަޝްރޫއެވެ. އެހެންވެ، އާ ސަރުކާރަށް ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް އެ މަޝްރޫއު ހިންގުމަށް ޖުމުލަ 400 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.