ކުށް ކޮށްގެން ހޯދާ މުދަލާއި އެ މުދަލުން ހޯދާ މަންފާ އަނބުރާ ދައުލަތަށް ނަގާ ހާލަތުގައި، އެ ތަކެތި ބޭނުންކޮށްގެން ދައުލަތަށް މަންފާ ހޯދާ ހާލަތުގައި ލިބޭ މަންފާއިން މާލީ ވުޒާރާއާއި އެ ކޮމިޝަނުން އެއްބަސްވާ ފައިސާ މި ފަންޑަށް ޖަމާކުރާނެ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑް" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، "މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑް" ގެ ބޭނުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި އަންނަ މާލީ ލޮޅުންތަކުގެ އަސަރު ކުރުމާއި، އަހަރުގެ ވަކި ހިސާބަކުން ބަޖެޓަށް ގެނެވޭ އުނިކަމުގެ ނޭދެވޭ އަސަރުން އެފަދަ ހަރަކާތްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ.
މިއީ ކޮމިޝަނުގެ އާ މެންބަރުންގެ ނިންމުމެއްގެ ދަށުން ގާއިމް ކުރެވުނު ފަންޑެއްކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ. މި ފަންޑު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖަޓަކިއޫޗީ މިޑޯރީ އެވެ.
މި ފަންޑަށް ޖަމާކުރެވޭ ފައިސާގެ ބާވަތްތަކުގައި ހިމެނެނީ؛
މީގެ އިތުރުން، ކުށް ކޮށްގެން ހޯދާ މުދަލާއި އެ މުދަލުން ހޯދާ މަންފާ އަނބުރާ ދައުލަތަށް ނަގާ ހާލަތުގައި، އެ ތަކެތި ބޭނުންކޮށްގެން ދައުލަތަށް މަންފާ ހޯދާ ހާލަތުގައި ލިބޭ މަންފާއިން މާލީ ވުޒާރާއާއި އެ ކޮމިޝަނުން އެއްބަސްވާ ފައިސާގެ އަދަދެއްވެސް މި ފަންޑަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑަށް ޖަމާކުރާ ފައިސާއިން ހޭދަކުރާނެ ކަންކަމުގެ ތެރޭގައި، ކޮރަޕްޝަނުގެ އަމަލުތަކުން ލިބޭ ގެއްލުމާއި އެ އަމަލުތަކުގެ ނުބައިކަމުގެ މައްޗަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި އާންމުން ހޭލުންތެރި ކުރުވައި، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިންގަންޖެހޭ ހަރަކާތްތައް ހިންގުން ހިމެނެ އެވެ.
އަދި، ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށާއި، އެހެނިހެން އެންޓި-ކޮރަޕްޝަން އޭޖެންސީތަކާ ގުޅިގެން ކުރިއަށް ގެންދާ އަރަކާތްތައް ހިންގުމާއި، ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގުގެ މަސައްކަތްތައް ކުރިއެރުވުމަށް އިންވެސްޓިގޭޝަން ދާއިރާއިން ފަންނީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.