ހޯދަނިކޮށް ފުލުހަށް ހާޒިރުވި މީހާވެސް ޝަރީއަތް ނިމެންދެން ބަންދަށް

ފުލުހުން އިއްޔެ ބުނި ގޮތުގައި މާރާމާރީތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މީހަކު ދިޔައީ ހޯދަމުންނެވެ. އެ މީހާ އިއްޔެ ވަނީ އަމިއްލަ އަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައެވެ.

ހިތަދޫގަައި ފުލުހުން ހަރަކާތްތެރިވަނީ - އައްޑޫ ލައިވްގެ ފައިލް ފޮޓޯއެއް

އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން އިއްޔެ ހައްޔަރު ކުރި މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފި އެވެ.

އައްޑޫގައި ހިންގި ގްރޫޕް މާރާމާރީތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. އެއީ 21 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ދޫކޮށްލާފައި ވަނީ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ނުފެންނާތީ ކަމަށް ބުންޏެވެ.

އޭގެ ފުލުހުން އިއްޔެ ބުނި ގޮތުގައި މާރާމާރީތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މީހަކު ދިޔައީ ހޯދަމުންނެވެ. އެ މީހާ އިއްޔެ ވަނީ އަމިއްލަ އަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައެވެ. އޭނާ ޕޮލިހަށް ހާޒިރުވުމުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދާއިމެދު ގޮތް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާ ކަމަށެވެ.

އައްޑޫސިޓީގައި ދެ މާރާމާރީ ހިންގާފައިވާއިރު، އެ މާރާމާރީތައް ހުއްޓުވަން ފުލުހުން އޮޕަރޭޝަނެއް ވެސް ފަށައިގެން ކުރިޔަށް ގެންދެ އެވެ.

އައްޑޫ ހިތަދޫގައި މިދިއަ ހުކުރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި 30 އަހަރުގެ ދިވެއްސަކު ޒަހަމް ކޮށްލި އެވެ. އަދި މިދިއަ އާދީއްތަ ދުވަހު ވެސް ވަނީ މާރާމާރީއެއް ހިންގާފަ އެވެ. އެ މާރާމާރީގައި ޒަހަމް ކޮށްލީ 20 އަހަރުގެ ދިވެހި ޒުވާނެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.