ނިއުމާ ފުރަތަމަ ފަހަރަށް ހޯރަފުއްޓަށް

"އަޅުގަނޑު އަލަށް މި ދަނީ ހޯރަފުއްްޓަށް. އަޅުގަނޑު ވަރަށް ކުރީއްސުރެ ފެށިގެންވެސް ދާ ހިތްވި ރަށެއް ހޯރަފުއްޓަކީ. އައި އޭމް ވެރީ އެކްސައިޓެޑް،"

މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު

މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ވަނީ ފިލްމީ އެކި މަސައްކަތްތަކު ގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދަތުރުކޮށް ފައެވެ. ނަމަވެސް ވަރަށް ދާން ބޭނުންވާ ބައެއް ރަށްރަށް އަދިވެސް ނުދެވި ވެއެވެ.

އޭގެން އެއް ރަށަކީ ހއ. ހޯރަފުއްޓެވެ. އެކަމަކު ނިއުމާ ގެ އެ އުންމީދު މިރޭ ހާސިލު ވާނެ އެވެ. މިރޭގެ ވަގުތެއް ގައި ނިއުމާ ހޯރަފުއްޓަށް އަންނާނެ އެވެ.

އޭނާގެ ފިލްމު "ކަޅަކި" ހިފައިގެންނެވެ. ނިއުމާ ވަނީ "ކަޅަކި" އަޅުވަން ހޯރަފުއްޓަށް ދާކަން ހާމަކޮށްފައެވެ. އަދި މިއީ އެ ރަށަށް އޭނާދާ ފުރަތަމަ ފަހަރު ކަމުން ވަރަށް އެކްސައިޓް ވެފައި ހުރި ކަމަށް ބުނެފައެވެ.

"އަޅުގަނޑު އަލަށް މި ދަނީ ހޯރަފުއްްޓަށް. އަޅުގަނޑު ވަރަށް ކުރީއްސުރެ ފެށިގެންވެސް ދާ ހިތްވި ރަށެއް ހޯރަފުއްޓަކީ. އައި އޭމް ވެރީ އެކްސައިޓެޑް،" ނިއުމާ ބުންޏެވެ.

ނިއުމާ ވަނީ ވީހާ ވެސް ގިނަ ބަޔަކު "ކަޅަކި" ބަލަން ދިއުމަށް އެދިފައެވެ.

ނިއުމާ ގެންދަނީ "ކަޅަކި" އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ފިލްމް އޮލިމްޕަހު ގައި ދެއްކި އިރުވެސް ނިއުމާ ވަނީ ފިލްމު އިޝްތިހާރު ކުރަން ހާއްސަ މަަސައްކަތްތަކެއް ކޮށްފައެވެ.

ކޮމެންޓް

1
450
ޑީޑީ
5 months ago

މިވެސް ހަބަރެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.