ބޮޑު ވައުދު ފުއްދަން ބަޖެޓް ކުރި ފައިސާ އުނިކޮށްފި

ރައީސް ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ހިންގާނެ އެންމެ ބިޔަ އެއް މަޝްރޫއު ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރީން ފެށުމަކީ އުންމީދެކެވެ.

ފުށިދިއްގަރު ފަޅު: ރާއްޖޭގައި މިހާތަނަށް ހިންގާނެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ނިންމާފައި ވަނީ މި ފަޅު ހިއްކާޅައިގެން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ފުށިދިއްގަރުފަޅު މަޝްރޫއު އަށް އަންނަ އަހަރުގެ ބަޖެޓް ގައި ހިމަނާފައިވާ ފައިސާ އުނިކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީން މި ނިންމުން ނިންމީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީންނެވެ. ފުށިދިއްގަރުފަޅު މަޝްރޫއު އަށް އަންނަ އަހަރުގެ ބަޖެޓް ގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. ނަމަވެސް އެމްޑީޕީގެ މެންބަރު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ ބައެއް މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާ އަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ކުރައްވާ އެގޮތަށް ހުށައަޅުއްވާފައެވެ.

އެއް ކަމަކަށް ޔައުގޫބު ހުށައެޅުއްވީ ފުށިދިއްގަރުފަޅު މަޝްރޫއު އަށް އަންނަ އަހަރުގެ ބަޖެޓް ގައި ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކޮށް އެހެން ބައެއް ޕީއެސްއައިޕީ މަޝްރޫއުތަކަށް އެ ފައިސާ ހިމެނުމަށެވެ. ހާއްސަކޮށް ކުރީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ނިންމި އުތުރުތިލަފަޅާއި ގިރާވަޅުފަޅު މަޝްރޫއުއަށް އެ ފައިސާ އިން ބައެއް ހިމަނާ އެ ދެ މަަޝްރޫއު ހިންގަން 600 މިލިއަންގެ ބަޖެޓެއް ކަނޑައަޅަން ވަނީ ހުށައަަޅާފައެވެ. އެ ހުށައެޅުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ތާއީދު ކޮށްފައެވެ.

އަދި ބަޖެޓް ކޮމެޓީގެ މަސައްކަތްތައް ރޭ ނިންމާނީ އެ ބަދަލު ގެނައުމަށް ކޮމެޓީގެ މެޖޯރިޓީން ފާސް ކުރުމަށް ފަހު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ފުށިދިއްގަރުފަޅު ހިއްކައިގެންނެވެ. ރައީސް ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ހިންގާނެ އެންމެ ބިޔަ އެއް މަޝްރޫއު ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރީން ފެށުމަކީ އުންމީދެކެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށާތާ އަށް މަސް ދުވަސްތެރޭ މުޅި ބިން އެއްކޮށް ހިއްކާ ނިމޭނެ ކަމަށާއި އެއާއެކު ހުޅުމާލޭގެ ތިން ގުނަ ބޮޑު ބިމެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު އެކަނި ވެސް 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް އެޅޭނެ ބިން ލިބޭނެ އެވެ. އަދި ގުޅިފަޅުގައި 5،000 ގޯއްޗާއި 15،000 ފްލެޓް އެޅޭނެ ބިން ލިބޭނެ އެވެ. މިދިޔަ ސަރުކާރުން ކުރިއަށް ގެންދަން ނިންމި ޕޯޓް ގުޅިފަޅުގައި އެޅިޔަސް އެ އަދަދަށް ގޯއްޗާއި ފްލެޓް ލިބޭނެ ބިން ކަނޑައެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރަނީ 20 އަހަރުގެ ދިގު ޕްލޭނެއް އޮވެގެން ކަމަށް ގެދޮރުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ މި ނިންމުމާ އެކު އެ މަޝްރޫއު މިހާރު އޮތް ތާވަލަށް ކުރިއަށް ގެންދަން ހުރަސް ތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

ރޭ އޮތް ބަޖެޓް ކޮމެޓީގެ ފަހު ބައްދަލްވުމުގައި ކުރީން އޮތް ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.