ކުއްލިއަކަށް ދިން ޕްރޮމޯޝަންތައް ހުއްޓުވަން އޭސީސީން ކޯޓަށް

100 ވުރެ ގިނަ ފުލުހުންނަށް ކުއްލި ޕްރޮމޯޝަންތަކެއް ދިނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރެ އެވެ. ޕްރޮމޯޝަން ދިނުމަށް ދެ ރޭގެ މަތީން ހާއްސަ ރަސްމިއްޔާތުތަކެއް ބޭއްވި އެވެ.

ޓްރެފިކް ފުލުހުންތަކެއް ސައިކަލެއް ޗެކު ކުރަނީ --

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް އަވަސް އަރުވާލައިގެން ގިނަ އަދަދެއްގެ ފުލުސް އޮފިސަރުންނަށް ޕްރޮމޯޝަން ދިން މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޯޓަށް ހިނގައްޖެ އެވެ.

އޭސީސީން ސިވިލް ކޯޓަށް ހުށައެޅި މައްސަލާ ގައި އެދިފައި ވަނީ ޕްރޮމޯޝަންތައް ދިނުން ހުއްޓުވައި ދިނުމަށެވެ. ނަމަވެސް މައްސަލަ އިގެ ތަފްސީލެއް އެ ކޮމިޝަނުން އަދި ނުދެ އެވެ.

ޕްރޮމޯޝަން ދީފައި ވަނީ އެފަދައިން ޕްރޮމޯޝަންތައް ދިނުން މަޑުޖައްސާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު، އޭރުގެ އިންތިހާބީ ރައީސްގެ އޮފީހުން ދުރާލައި އެކަމަށް އެދިފައި އޮއްވަ އެވެ. އަދި އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ވެސް ހިލާފަށެވެ.

100 ވުރެ ގިނަ ފުލުހުންނަށް ކުއްލި ޕްރޮމޯޝަންތަކެއް ދިނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރެ އެވެ. ޕްރޮމޯޝަން ދިނުމަށް ދެ ރޭގެ މަތީން ހާއްސަ ރަސްމިއްޔާތުތަކެއް ބޭއްވި އެވެ.

އެސިސްޓެންޓް ކޮމިޝަނާ ކަމަށް ޕްރޮމޯޓް ކުރީ

  • 1.ޔޫނުސް ސޮބާހު
  • 2.އާސިމް އަބްދުﷲ
  • 3.މުހައްމަދު ރަޝީދު
  • 4.އަހްމަދު ޝަމީމް
  • 5.މުހައްމަދު ބަޝީރު
  • 6.ހުސައިން ރަޝީދު
  • 7.މޫސާ އަލީ
  •  އެސިޓެންޓް ކޮމިޝަނާ ކަމަށް: ހަތް އޮފިސަރުން ޕްރޮމޯޓް ކުރި
  •  ޗީފް ސްޕްރިޓެންޑެންޓްގެ ރޭންކަށް: އަށް އޮފިސަރުން ޕްރޮމޯޓް ކުރި
  •  ޗީފް އިނިސްޕެކްޓަރުންގެ ރޭންކަށް: 53 ފުލުހަކު ޕްރޮމޯޓް ކުރި

ފުލުސް ޕްރޮމޯޝަން ތަކަކީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖައްސާފައިވާ ޕްރޮމޯޝަންތަކެއް ކަމަށް ބުނެ، ފުލުހުންގެ ގިނަ ބަޔަކަށް ޕްރޮމޯޝަން ދިނުން ވަށައި ޖައްސާން އެ ހިދުމަތުން ކުރީ ސަރުކާރުގައި މަސައްކަތް ކުރި އެވެ.

ފުލުހުންގެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިން އިރު އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަނީ ވަކިވެވަޑައިގެންފައެވެ. އަދި އެހެން ބައެއް އިސް ބޭފުޅުން ވެސް މިހާރު ވަނީ ވަކިވެވަޑައިގެންފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.