ޔާމީން ވަކިވިޔަސް ލީޑާޝިޕް އޮތީ ބަދަހިކޮށް، މެންބަރުން ވަނީ ގިނަ: އަބްދުއްރަހީމް

"ލީޑާޝިޕަކުން އަދި އެކަކު ވެސް މަދެއް ނުވޭ. ރައީސް ޔާމީން އަމިއްލަފުޅަށް އަޅުގަނޑުމެންގެ ޕާޓީ ޕީޕީއެމް ދޫކުރައްވާ ވަޑައިގަތީ. ދެން ތިއްބެވި ހުރިހާ ލީޑަރުން މިރޭ ވެސް އަޅުގަނޑުމެންނާ އެކު ތިބީ"

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ: ޔާމީން ވަކިވެވަޑައިގަތުމަކުން އުނިކަމެއް ނާންނަ ކަމަށް ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމުން ވަކިވެވަޑައިގެންނެވި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށާ ޔާމީން ވަކިވެވަޑައިގަތުމަކުން ދެ ޕާޓީން މެންބަރުން ވެސް މަދުވަމުން ނުދާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ/ޕީޕީއެމްގެ ސެނެޓްގެ ނިންމުންތައް ހާމަ ކުރުމަށް ބޭއްވި ނޫސްވެެރީންގެ ބައްދަލްވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީން ވަކިވެވަޑައިގަތުމަކީ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ. އެކަމާއި ގުޅިގެން ޕީޕީއެމް ޕީއެންސީން އެއްވެސް މީހަކު ނުގެއްލޭނެ ކަމަށެވެ.

މިސާލެއްގެ ގޮތުން އަބްދުއްރަހީމް ދެއްކެވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރިއިރު ޕީއެންސީ ގައި ތިބި މެންބަރުންގެ އަދަދެވެ. އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގައި އޭރު ތިބީ 3،022 މެންބަރުން ކަމަށާ ނަމަވެސް މިއަދު އެ އަދަދު އުޅެނީ އެތައް ހާހެއް މަތީގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ކޯލިޝަނަށް ވަކި ޕާޓީއެއް އުފައްދައިގެނެއް އަދި އަސަރެއް ނުކުރޭ މިހާތަނަކަށް،"

"ލީޑާޝިޕަކުން އަދި އެކަކު ވެސް މަދެއް ނުވޭ. ރައީސް ޔާމީން އަމިއްލަފުޅަށް އަޅުގަނޑުމެންގެ ޕާޓީ ޕީޕީއެމް ދޫކުރައްވާ ވަޑައިގަތީ. ދެން ތިއްބެވި ހުރިހާ ލީޑަރުން މިރޭ ވެސް އަޅުގަނޑުމެންނާ އެކު ތިބީ. އެހެންވީމަ ލީޑާޝިޕަކަށް އެއްވެސް އުނިކަމެއް އަދިއެއް ނާދޭ. މެންބަރުން މަދެއް ނުވޭ. މެންބަރުންގެ އަދަދު ދަނީ ގިނަވަމުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ: ޔާމީން ވަކިވެވަޑައިގަތުމަކުން އުނިކަމެއް ނާންނަ ކަމަށް ވިދާޅުވި

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ދަމަހައްޓަން މަޖިލީހުގެ މެޖޯރިޓީ ހޯދަން ޖެހޭ ކަމަށެވެ. އަދި ފުރިހަމަ މެޖޯރިޓީއެއް ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

ޔާމީންގެ އާ ޕާޓީ އަކީ މެޖޯރިޓީ ހޯދުމަށް އޮތް ގޮންޖެހުމަކަށް ވެދާނެ ތޯ ދެންނެވުމުން ވިދާޅުވީ "އެހެން ބަޔަކު ޕާޓީއެއް އުފައްދާތީ ނުވަތަ އެހެން ބަޔަކު ކުރިމަތިލާފާނެތީ އެހާ ބޮޑަކަށް ނުވިސްނަން" ކަމަށެވެ.

މަޖިލީސް އިންތިހާބުގައި ޔާމީންގެ އާ ޕާޓީއާ އެކީ މަަސައްކަތް ކޮށްފާނެތޯ ދެންނެވުމުން ހިތްހަމަޖެހިވަޑައިނުގެން އަބްދުއްރަހީމް ވަނީ އެ ޕާޓީގެ ނަން އެކަނި ހާއްސަ ކުރަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ރައީސް މުއިއްޒު ހުންނެވީ ގައުމީ ވިސްނުމުގައި އޮތް ކޮންމެ ޕާޓީއަކާ އެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

"ކީއްވެގެންތޯ ހަމައެކަނި ޕީއެންއެފް [ޔާމީން އުފައްދަވާ އާ ޕާޓީ] ތި އަންނަނީ. އަޅުގަނޑު މި ދަންނަވަނީ ގައުމު އިސްކޮށްގެން ގައުމީ ކަންކަމުގައި އެކީގައި މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެކީގައި މަސައްކަތް ކުރާށޭ މި ތިބީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

1
450
އަޅިބެ
1 year ago

މި އީ " ހިސްޓްރީ ރިޕީޓްސް " ވަރަށް މޮޅު ވަރަށް އަވަސް މިސާލެއް. އެމްޑީޕީ- ޑިމޮކްރެޓްސް އަށް ވީގޮތް ޕީޕީއެމް ޕީއެންސީ އަށް ވެސް މިވީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.