އައްޑޫ މާރާމާރީތައް: ތޫނު ހަތިޔާރާއި ބައެއް އާލަތްތައް ހޯދައިފި

އައްޑޫ ގައި މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުރައްކާތެރި މާރާމާރީއެއް ވަނީ ހިންގާފައެވެ. އަދި މި މަހުގެ ތިންވަނަ ވެސް ދެ ގުރޫޕެއްގެ މެދުގައި ނުރައްކާތެރި މާރާމާރީ އެއް ހިންގާފައެވެ.

ގޭންގު މާރާމާރީތައް ހުއްޓުވުމަށް އައްޑޫ ގައި ފުލުހުން ހަަރަކާތްތެރި ވަނީ

އައްޑޫ ސިޓީން މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި އެހެނިހެން ބައެއް އާލާތްތައް ހޯދައިފި އެވެ.

ފުލުހުން ބުނީ ގޭންގު މާރާމާރީތައް ހުއްޓުވުމަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން އައްޑޫ ސިޓީގައި ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އަދި އަދި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި އެހެނިހެން ބައެއް އާލާތްތައް ހޯދިފައިވާ ކަމަށް ބުންޏެވެ.

އައްޑޫ ގައި މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުރައްކާތެރި މާރާމާރީއެއް ވަނީ ހިންގާފައެވެ. އަދި މި މަހުގެ ތިންވަނަ ވެސް ދެ ގުރޫޕެއްގެ މެދުގައި ނުރައްކާތެރި މާރާމާރީ އެއް ހިންގާފައެވެ.

ފުރަތަމަ ހިންގި މާރާމާރީގެ ތުހުމަތަށް އަށް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގާ ނިމެންދެން ބަންދު ގައި ބެއިތިއްބުމަށް ކޯޓުން ވަނީ އަމުރު ދީފައެވެ. އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ގޭންގު މާރާމާރީތައް ހުއްޓުވުމަށް އައްޑޫ ގައި ފުލުހުން ހަަރަކާތްތެރި ވަނީ

ފަހުން ހިންގި މާރާމާރީގެ ތުހުމަތަށް ފުލުހުންގެ ހައްޔަރަށް ނަގާފައި ވަނީ 23 އަހަރުގެ ދެ ޒުވާނުންނެވެ.

މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހިންގި މާރާމާރީ ގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލި އެވެ. އެ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ދެރަ އެވެ. އޭނާ ހަމާލާ ދީފައި ވަނީ ވަޅިން ކަމަށް ވެއެވެ. މޫނު މަތީ ވަރަށް ބޮޑު ޒަހަމެއް ހުއްޓެވެ.

ފަހުން ހިންގި މާރާމާރީ ގައިވެސް ޒުވާނެއްގެ ގަޔަށް ވަޅި ޖެހި އެވެ. އޭނާގެ ގަޔަށް ވަޅި ޖެހީ އެމީހާ ދިރިއުޅޭ ގޭގެ ތެރެއަށް ގުރޫޕަކުން ވަދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.