ކައުންސިލަރު ރީހާން ޑިމޮކްރެޓްސް އިން ވަކިވެެއްޖެ

ރީހާން، ޑިމޮކްރެޓްސް އިން ވަކިވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު އޮތް އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބު ގައި އޭނާ ވާދަ ކުރި އެވެ. އޭނާ ވާދަކޮށްފައި ވަނީ ނާއިބު ރައީސް - އަންހެން، މަގާމަށެވެ.

ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް: ޑިމޮކްރެޓްސް އިން ވަނީ ވަކިވެފައި

ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް، ދަ ޑިމޮކްރެޓްސް އިން ވަކިވެއްޖެ އެވެ.

އޭނާ ވަނީ އެކަން ހާމަކޮށްފައެވެ. ނަމަވެސް ޑިމޮކްރެޓްސް ދޫކޮށްލި ވަކި ސަބަބެއް ހާމަ އެއް ނުކުރެ އެވެ.

ރީހާން، ޑިމޮކްރެޓްސް އިން ވަކިވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު އޮތް އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބު ގައި އޭނާ ވާދަ ކުރި އެވެ. އޭނާ ވާދަކޮށްފައި ވަނީ ނާއިބު ރައީސް - އަންހެން، މަގާމަށެވެ. 

އޭނާއާ ވާދަކޮށް ބޮޑު ކާމިޔާބަކާ އެކު ޑިމޮކްރެޓްސްގެ އަންހެން ނާއިބު ރައީސް ކަމަށް އިންތިހާބުވީ އަލައިކާ އެވެ. 

ގަލޮޅު މެދު ދާއިރާގެ ކައުންސިލަރުގެ މަގާމަށް ރީހާން އިންތިހާބު ވީ އެމްޑީޕީގެ ޓިކެޓެއް ގައެވެ. އެމްޑީޕީ ދެބައިވެ ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ދަ ޑިމޮކްރެޓްސް އުފެއްދުމުން ރީހާން ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިފަައެވެ. އޭރު މާލެ ސިޓީ ކައުންސިލް ގައި ހިމެނޭ އެމްޑީޕީގެ ކައުންސިލަރުންގެ ތެރެއިން ރީހާންއާ އަހްމަދު ސައިފް ގުޅުނީ ޑިމޮކްރެޓްސްއާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.