އެސްޓީއޯ ޗެއާމަންއަކަށް އާމިރު، ބޯޑު ޑިރެކްޓަރަކަށް މުރާދު

މުރާދުއަކީ އެސްޓީއޯގެ ސީނިޔަ މަގާމުތަކެއް ފުރުއްވި ހިދުމަތްތެރިއެކެވެ. އާމިރު މަންސޫރު މީގެ ކުރިން ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވާފައިވެ އެވެ.

އެސްޓީއޯ ޗެއާމަން އާމިރު މަންސޫރު (ކ) އަދި ބޯޑް މެންބަރު އަހުމަދު މުރާދު

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ޗެއާމަން ކަމަށް ވިޔަފާރިވެރިޔާ އާމިރު މަންސޫރު ހަމަޖައްސައި، ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު މުރާދު އައްޔަން ކޮށްފި އެވެ. 

ލިލީ އިންޓަނޭޝަނަލްގެ ވެރިޔާ އަދި ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ އާމިރު އެސްޓީއޯގެ ޗެއާމަންގެ މަގާމަށް އައްޔަށް ކުރިއިރު މީގެ ކުރިން އެ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުކަންވެސް އޭނާ ކުރައްވާފައިވެ އެވެ. އަދި މުރާދުއަކީ އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އެސްޓީއޯއިން ވަކިވެފައިވަނީ މިދިޔަ 2019 ގަ އެވެ. 

ސަރުކާރުން ވަނީ އެސްޓީއޯގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު އަދި އެމްޑީގެ މަގާމަށްވެސް މީގެ ކުރިން ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެ މަގާމަށް އައްޔަން ކޮށްފައިވަނީ ޝިމްހާދު އިބްރާހިމް އެވެ. އެމަނިކުފާނުއަކީ އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަމުން ގެންދެވި ވެރިއެކެވެ. 

ކޮމެންޓް

1
450
ސަތ
1 year ago

މުރާދުހާ ނާގަބިލު މީހެއް އަދި މިހާތަނަށް އެސްޓީއޯ ބޯޑަށް އައްޔަނުކޮށްފައި ނެތް. ސިޔާސީ ވިޔަސް ކޮންމެވެސް ގޮތެއް ހުންނަ މީހުން ދޯ ތަންތަނަށް ލާން ވާނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.