މަޖިލީހުގެ ކަލަންޑަރުގައިވާ ގޮތުގައި، މިހިނގާ ދައުރު ނިމޭނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް ހަމަ މި މަސައްކަތްތައް ހުރުމުން މާދަމާގެ ނިޔަލަށް ދައުރުގެ މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޖިލީހުން ނިންމާފައިވެ އެ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ މިހިނގާ ތިން ވަނަ ދައުރު އަނެއްކާ ވެސް ދަންމާލަން ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ މި ދައުރު ނިމުމުގެ ކުރިން ވަރަށް މުހިންމު މަސައްކަތްތައް ނިންމަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމާއި އިތުރު އެހެން މަސައްކަތްތައް ހުރިކަން އަސްލަމް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ކަލަންޑަރުގައިވާ ގޮތުގައި، މިހިނގާ ދައުރު ނިމޭނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް ހަމަ މި މަސައްކަތްތައް ހުރުމުން މާދަމާގެ ނިޔަލަށް ދައުރުގެ މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޖިލީހުން ނިންމާފައިވެ އެވެ.
އަކަމަށް ރިއާޔަތް ކުރައްވާ އަސްލަމް ވިދާޅުވީ، އަދިވެސް އެ މަސައްކަތްތައް ނިމިފައި ނުވާތީ މިމަހުގެ 18 ވަނަ ދުވަހަށް ދައުރު ދިގު ދަންމާލަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ، ބަޖެޓް ދިރާސާ ކޮމެޓީއިން އަދިވެސް މަސައްކަތް ނުނިންމާތީ އާއި، ދައުރު ނިމުމުގެ ހަތް ދުވަސް ކުރި ދައުލަތުގެ ބަޖެޓާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވެފައި ވަނީ މިއަދުގެ ވޯޓް ގަޑީގައި މިކަމަށް ވޯޓަށް އައްސަވާނެ ކަމަށެވެ.
މަޖިލީހުގެ މި ދައުރުގެ ބޮޑުބައި ދިޔައީ ޖަލްސާތައް ކުރިއަށް ނުގެންދެވި އެވެ. އެގޮތުން، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ދެ ފަހަރެއްގެ މަތިން ގަރާރު ހުށަހަޅައިގެން ހައިޖާނު ބޮޑުވެ މަރުތަޅު ވެސް އެޅުވި އެވެ.