ޔާމީނަކީ ވަރަށް ގިނައިން ފުޓްސަލް ކުޅެން ވަޑައިގަންނަވާ ބޭފުޅެކެވެ. އެ ކުޅިވަރަށް އެމަނިކުފާނު ވަރަށް ލޯބި ކުރައްވައެވެ.
ޕީޕީއެމްގެ ކުރީގެ ރައީސް / ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ބާނީ އަބްދުﷲ ޔާމީނާ އެކު ފުޓްބޯޅަ ކުޅޭން ނުދާން އެއްބަސްވުމުން ސަރުކާރުގެ މަތީ މަގާމުތަައް ބައެއް މީހުންނަަށް ދީފައިވާ ކަމަށް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި އެމަނިކުފާނުގެ ވަރަށް އަރިސް ސިޔާސީ އެކުވެރިޔާ އަހްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިހެން ވިދާޅުވީ "އެކްސް" ގައި މިރޭ ކުރެއްވި ޕޯސްޓެއް ގައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން އާއެކު ފުޓްބޯޅަބކުޅެން ނުދާ މަތިން ވެސް ބޭފުޅަކަަށް ސްޓޭޓް މިނިސްޓަރު ކަން ވަނީ ދެއްވާފަ އެވެ. އެއީ ކޮން ބޭފުޅެއް ކަން ވިދާޅެއް ނުވެއެވެ.
އަދި ވިދާޅުވީ ޔާމީން އާއެކު ފުޓްބޯޅަ ކުޅެން ނުދާން ވެސް ބައެއް މީހުންނަށް ސަރުކާރުން އަންގަމުންދާ ކަމަށެވެ.
ޔާމީނަކީ ވަރަށް ގިނައިން ފުޓްސަލް ކުޅެން ވަޑައިގަންނަވާ ބޭފުޅެކެވެ. އެ ކުޅިވަރަށް އެމަނިކުފާނު ވަރަށް ލޯބި ކުރައްވައެވެ.
މިވަގުތު ހުންނެވީ ޖަލު ހުކުމެއް ގައި ނަމަވެސް ހާއްސަ ހުއްދައަކާ އެކު ފުޓްސަލް ކުޅެން މިހާރު ވެސް ވަޑައިގަންނަވަ އެވެ. އެމަނިކުފާނުގެ އަރިހުގައި އެކުވެރި ސިޔާސީ އެކްޓިވިސްޓުން ވަޑައިގަންނަވަ އެވެ.
ރައީސް މުއިއްޒުގެ މުޅި ކެމްޕެއިން ބޮޑު ބައެއް އަމާޒު ކުރެއްވީ ރައީސް ޔާމީންގެ މިނިވަން ކުރުމުގެ މައްޗަށެވެ. މުއިއްޒަށް ބޮޑު ތާއީދެއް ލިބިވަޑައިގަތުމުގައި އޭރު ރައީސް ޔާމީނަށް އޮތް ސަޕޯޓް މުހިންމު ދައުރެއް އަދާ ކުރި އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ވަޑައިގެންނެވި 153 ރަށާއި ފަސް ސިޓީ ގައި ޔާމީން މިނިވަން ކުރެއްވުމާއި އެމަނިކުފާނުގެ އަރިހުން ދަސްވި ފިލާވަޅުތަކުގެ އަލީގައި އެމަނިކުފާނު ކުރެއްވި ފަދަ ވެރިކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ހީވެސް ނުކުރާހާ އަވަހަށް ދެ ރައީސުންގެ ގުޅުން މުޅީން ކެނޑި ރައީސް ޔާމީން މިހާރު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ.