އައްޑޫ މާރާމާރީތައް: ހައްޔަރު ކުރި މީހުންގެ އަދަދު 10 އަކަށް

އައްޑޫ ގައި މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުރައްކާތެރި މާރާމާރީއެއް ވަނީ ހިންގާފައެވެ. އަދި މި މަހުގެ ތިންވަނަ ވެސް ދެ ގުރޫޕެއްގެ މެދުގައި ނުރައްކާތެރި މާރާމާރީ އެއް ހިންގާފައެވެ.

ފުލުހެއް މަގުމަތި ބަހައްޓަނީ

އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރު ކޮށްފި އެވެ.

އައްޑޫ ގައި މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުރައްކާތެރި މާރާމާރީއެއް ވަނީ ހިންގާފައެވެ. އަދި މި މަހުގެ ތިންވަނަ ވެސް ދެ ގުރޫޕެއްގެ މެދުގައި ނުރައްކާތެރި މާރާމާރީ އެއް ހިންގާފައެވެ.

ފުރަތަމަ ހިންގި މާރާމާރީގެ ތުހުމަތަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގާ ނިމެންދެން ބަންދު ގައި ބެއިތިއްބުމަށް ކޯޓުން ވަނީ އަމުރު ދީފައެވެ. ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން އިތުުރު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 18 އަހަރާއި 20 އަހަރުގެ ދެ މީހަކާއި 23 އަހަރުގެ މީހެކެވެ. 

އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ފަހުން ހިންގި މާރާމާރީގެ ތުހުމަތަށް ފުލުހުންގެ ހައްޔަރަށް ނަގާފައި ވަނީ 23 އަހަރުގެ ދެ ޒުވާނުންނެވެ.

މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހިންގި މާރާމާރީ ގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލި އެވެ. އެ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ދެރަ އެވެ. އޭނާ ހަމާލާ ދީފައި ވަނީ ވަޅިން ކަމަށް ވެއެވެ. މޫނު މަތީ ވަރަށް ބޮޑު ޒަހަމެއް ހުއްޓެވެ.

ފަހުން ހިންގި މާރާމާރީ ގައިވެސް ޒުވާނެއްގެ ގަޔަށް ވަޅި ޖެހި އެވެ. އޭނާގެ ގަޔަށް ވަޅި ޖެހީ އެމީހާ ދިރިއުޅޭ ގޭގެ ތެރެއަށް ގުރޫޕަކުން ވަދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.