ކުންފުންޏާ ބެހޭ އާ ގާނޫނު ފާސްކޮށްފި

ކުންފުންޏާ ބެހޭ އާ ގާނޫނުގައި، ކުންފުނިތައް އުފެއްދުމާއި، ހިންގުމަށް ބޮޑެތި ލުއި ގޮތްތަކެއް ދިނުމަށް ހިމަނާފައިވެ އެވެ. އާ ގާނޫނުގައި 16 ބާބުގެ މައްޗަށް 248 މާއްދާ ވަނީ ހިމަނާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ކުންފުންޏާ ބެހޭ އާ ގާނޫނު ވަނީ ފާސްކޮށްފައި --

ކުންފުންޏާ ބެހޭ އާ ގާނޫނެއް އެކުލަވާލުމަށްޓަކައި ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުންފުނީގެ ބިލު މިއަދު ފާސްކޮށްފި އެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނަކީ 1996 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނެކެވެ. މިއަދު މަޖިލީހުން އާ ބިލު ފާސްކުރުމާއެކު މީގެ 27 އަހަރު ކުރިން އުފެއްދި އެ ގާނޫނު އުވިގެންދާނެ އެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމުންނެވެ.

މި ބިލު މިއަދު މަޖިލީހުގައި ފާސްކޮށްފައި ވަނީ 53 މެމްބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވަނީ ވޯޓް ދީފަ އެވެ. 

ކުންފުންޏާ ބެހޭ އާ ގާނޫނުގައި، ކުންފުނިތައް އުފެއްދުމާއި، ހިންގުމަށް ބޮޑެތި ލުއި ގޮތްތަކެއް ދިނުމަށް ހިމަނާފައިވެ އެވެ. އާ ގާނޫނުގައި 16 ބާބުގެ މައްޗަށް 248 މާއްދާ ވަނީ ހިމަނާފަ އެވެ. 

މި ބިލުގައި ހަތަރު ބާވަތެއްގެ ކުންފުނި އުފެއްދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އޭގެ ތެރޭގައި ޕްރައިވެޓް ކުންފުންޏާއި، ޕަބްލިކް ކުންފުންޏާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ލޯކަލް އޮތޯރިޓީ ކުންފުނި ހިމެނެ އެވެ. 

މީގެ ތެރެއިން ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޭނުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި، ކައުންސިލުތަކަށް ވިޔަފާރި ކުރެވޭނެ މަގު ތަނަސްކުރުމަށް އަމިއްލައަށް ކުންފުނި އުފައްދައިގެން ވިޔަފާރި ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. 

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް ބިލުގެ ވޯޓަށް އަހަން މަސައްކަތްކުރި އެވެ. ނަމަވެސް ކޯރަމް ހަމަނުވާތީ ވޯޓަށް އެހިފައެއް ނުވެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.