އާބަންކޯއިން ރެހެންދި ސްކޫލް ބޭރުގައި ކެނޮޕީއެއް ހަދަނީ

އާބަންކޯ އިން ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެކި އޮފީސް އަދި ސަރުކާރު ވުޒާރާތަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އަބަދުވެސް ދަނީ ސީއެސްއާރުގެ ދަށުން ކުރަމުން ކަމަށެވެ.

އާބަންކޯ އިން ރެހެންދި ސްކޫލް ކުރިމަތީ ކެނޮޕީ ހަދަނީ -- ފޮޓޯ: އާބަންކޯ --

އާބަންކޯގެ ފަރާތުން ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން ކެނޮޕީއެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އާބަންކޯ އިން ބުނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މި މަސައްކަތް ކުރަމުން ދަނީ ރެހެންދީ ސްކޫލްގެ އެދުމުގެ މަތިން ކަމަށެވެ. އެހެންވެ، ސްކޫލްގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑުކޮށްގެން ތިބޭ ސަރަހައްދު ހިޔާކުރަމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އާބަންކޯ އިން ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެކި އޮފީސް އަދި ސަރުކާރު ވުޒާރާތަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އަބަދުވެސް ދަނީ ސީއެސްއާރުގެ ދަށުން ކުރަމުން ކަމަށެވެ. މިގޮތުން، މިފަދަ ކަންކަން ކުރުމުގައި ހުޅުމާލޭގައި ހުންނަ ސްކޫލުތަކަށް އަބަދުވެސް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ރެހެންދި ސްކޫލް ކުރިމަތީ ގާއިމްކުރާ ކެނޮޕީއަކީ އެ މަސައްކަތުގެ ބައެއް ކަމަށް ބުންޏެވެ. އާބަންކޯ އިން ބުނީ، މިހާރު ގާއިމު ކުރެވޭ ކެނޮޕީގެ ބޭނުމަކީ ދަރިވަރުން ގެންގޮސް އަދި ބަލައިދާ ބެލެނިވެރިންނަށް މޫސުން ގޯސްވާ ދުވަސްތަކުގައި އަދި ހޫނު ގަދަ ދުވަސްވަރު ހިޔަލުގައި މަޑުކޮށްލެވޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.

އާބަންކޯ އިން ދެމުންގެންދާ ހިދުމަތްތަކުގެ އިތުރުން، ހުޅުމާލޭގައި ގާއިމު ކުރެވިފައިވާ ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ ވިޔަފާރިތަކަށް ވެސް ހުރި އުނދަގޫތައް ބަލާ، ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

ކޮމެންޓް

1
450
އަހުމަދު ފިރާގް
4 months ago

ޚަބަރެއް ލިޔާ އިރު ރަނގަޅު މަޢުލޫމާތު ހޯދައިގެން ލިޔެލުން ވަރަށް ރަގަޅު ރެހެންދި ސްކޫލްގެ ޕީ ޓީ އޭ އިން ޚަރަދު ކޮށްގެން ޖަހާ ހިޔާގަނޑެއް ހަރުކޮށްދެނީ އާބަންކޯގެ ސީ އެސް އާރު ގެ ދަށުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.