"ކޮންޓްރެކްޓް ސްޓާފުން ވަކިކުރާނެ، އަދި އެކަކުވެސް ވަތްކެއް ނުކުރަން"

"ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ނެގި އެއްވެސް މުވައްޒަފަކާ ދޭތެރޭ ވެސް އަދި ގޮތެއް ނުނިންމަން. އެކަން ބަލާފަ އަޅާންވީ ފިޔަވަޅެއް އެނގޭނީ. އެކަން ދަނީ ބަލަމުން،" މުއާޒް ވިދާޅުވި އެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު: ކޮންޓްރެކްޓް ހަމަވެފައިވާ 1600 އެއްހާ މުވައްޒަފުން އެބަތިބި --

ފެނަކައިގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު މިހާތަނަށް ވަކިކޮށްފައި ނުވާނެ ކަމަށާއި، ނަމަވެސް ކޮންޓްރެކްޓް ހަމަވެފައިވާ މުވައްޒަފުން ވަކިކުރައްވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިކުރަމުންދާ އަޑު ގަދަވެފައި ވަނިކޮށް މިއަދު މަޖިލީހަށް ވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

މިކަމާ ގުޅިގެން މިއަދު "މި" ނޫހަށް މައުލޫމާތު ދެއްވަމުން މުއާޒު ވިދާޅުވީ މަސައްކަތް ނިމި ކޮންޓްރެކްޓް ހަމަވެފައިވާ 1600 އެއްހާ މުވައްޒަފުން އެބަ ތިބި ކަމަށެވެ.

"މިސާލަކަށް އިންޖީނުގެއެއް އެޅުމަށް ކޮންޓްރެކްޓަށް ނަގާފަ ތިބި މުވައްޒަފުން، އެމީހުން އެ އިންޖީނުގެ އަޅާ ނިމުނީމަ ދެން އަލުން ކޮންޓްރެކްޓް އާ ކުރާނީ ކިހިނެއްތޯ؟" މުއާޒު ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ކޮންޓްރެކްޓް ހަމަވެފައި ތިބި ހުރިހާ މުވައްޒަފުން ވަކި ނުކުރާނެ ކަމަށެވެ. ޓެކްނިކަލް ކޮމެޓީއަކުން މިހާރު އެ މައްސަލަ ބަލަމުންދާއިރު، މަސައްކަތަށް ބޭނުންވާ މުވައްޒަފުން ވަކި ނުކުރާނެ ކަމަށެވެ. އެ ކޮމެޓީން މިހާރު ދަނީ އެކަން ބަލަމުން ކަމަށް ވެސް ވިދާޅުވި އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ސިޔާސީ ވަޒީފާތައް ދީފައިވާ އެއްވެސް މުވައްޒަފަކު ވެސް ވަކިނުކުރާ ކަމަށް މުއާޒް ވިދާޅުވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބާ ދިމާކޮށް ނަގާފައިވާ މުވައްޒަފުންގެ މައްސަލަ ބެލުމަށްފަހު އެމީހުންނާމެދު އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ނެގި އެއްވެސް މުވައްޒަފަކާ ދޭތެރޭ ވެސް އަދި ގޮތެއް ނުނިންމަން. އެކަން ބަލާފަ އަޅާންވީ ފިޔަވަޅެއް އެނގޭނީ. އެކަން ދަނީ ބަލަމުން،" މުއާޒް ވިދާޅުވި އެވެ.

ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވަކިކުރާ މުވައްޒަފުންގެ ލިސްޓެއް ހިއުމަން ރިސޯސަސްގައި އޮތް ކަމަށް ވެސް މީޑިއާގައި ދަނީ މައުލޫމާތު ފެތުރެމުންނެވެ. އެކަން މުއާޒް ދޮގު ކުރެއްވި އެވެ.

ފެނަކައަކީ ސަރުކާރު ހިންގާ ކުންފުނިތަކުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ގިނައިން ސިޔާސީ މުވައްޒަފުން ނެގި ކުންފުންޏެވެ. އޭގެ ތެރެއިން ގިނަ މުވައްޒަފަކުންނަކީ އެއްވެސް މަސައްކަތެއް ކުރާ މުވައްޒަފުން ނޫން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.