އެސްއޯއީތަކަށް ވެރިން އައްޔަން ކުރުމާ ބެހޭ މައުލޫމާތު ހޯދަން ޕީސީބީ މަޖިލީހަށް

އެސްއީއޯ ކޮމެޓީގެ މެންބަރުން މިއަދު ވަނީ އެސްއީއޯތަކުގެ ގިނަ މައުލޫމާތުތަކެއް ޕީސީބީން ހޯދަން ޖެހޭ ކަމަށް ވިދާޅުފަ.

ފެނަކަ ކުންފުނިން ޒީރޯޓޮލޮރެންސް އޮން ކޮރަޕްޝަން އެއްބަސްވުމުގައި ސޮއިކުރަނީ -- މިހާރު ނޫހުގެ ފޮޓޯއެއް

ސަރުކާރުގެ ކުންފުނިތަކަށް ވެރިން އައްޔަން ކުރުމާއި ބައެއް ކުންފުނިތަކުން މުވައްޒަފުން ކަނޑަމުންދާތީ އެކަމުގެ މައުލޫމާތު ހޯދަން، ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ. 

ރައްޔިތުން މަޖިލީހުގެ ސަރުކާރު ކުންފުނިތަކުގެ މަސްހޫލިއްޔަތު ބަލާ ކޮމެޓީ، އެސްއޯއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ޕީސީބީ އިން ގިނަ މައުލޫމާތުތަކެއް މިހާރުގެ ހާލަތުގައި ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބައެއް ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަމުން ދިއުމާއި ކުންފުނިތަކަށް ވެރިން އައްޔަން ކުރުމުގައި ސާފު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައިވެ އެވެ. 

އެސްއޯއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގައި ޑީއެމްޑީ ތިބެން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށާ، ބައެއް ކުންފުނިތަކުގައި އެއް ޑީއެމްޑީއަށްވުރެ ގިނައިން އެބަތިބި ކަމަށެވެ. 

"ސްޓެލްކޯގައި މިވަގުތު އެބަތިބި ދެ ޑީއެމްޑީން. މިހެން ހުރިހާ ކުންފުނިތަކެއްގައި ފަސް ، ހަ ޑީއެމްޑީން ތިބުން މިއީ އެންމެ ރަނގަޅު ގޮތެއް ތޯ؟ ގިނަ ކަންތައްތަކެއް ސާފު ކުރަން ޖެހޭ،" ހުސެއިން ވިދާޅުވި އެވެ. 

ސަރުކާރުގައި 30 އަށްވުރެ ގިނަ ކުންފުނި އޮވެ އެވެ. ނިމިދިޔަ ސަރުކާރުގައި ކެމްޕޭންއާ ދިމާކޮށް ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފަ އެވެ. މީގެ ސަބަބުން ކުންފުނިތަކުގެ ކޭޝް ފްލޯ މަޅި އަރައި ދަނީ ގެއްލުން ވަމުންނެވެ. 

ކޮމެންޓް

1
450
އަދާރަސަމް
1 year ago

ސްޓެލްކޯގަ 3 ޑީ.އެމް.ޑީ އެބަތިބި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.