"ސީއައިޑީ" ގެ ފްރެޑީ މަރުވެއްޖެ

ދިނޭޝްއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހާލު މާ ބޮޑަށް ސީރިއަސް ވެގެން ވެންޓިލޭޓަރަށް ލާފައި ވަނީ ހޮނިހިރު ދުވަހު އެވެ.

"ސީއައިޑީ" ސީރީސްގެ ކޮޕް ފްރެޑީގެ ރޯލު ކުޅުނު ދިނޭޝް ފެޑްނިސް: އޭނާ ވަނީ މަރުވެފައި

އިންޑިއާގެ ސޮނީ ޓީވީ އިން ގެނެސްދިން މަޝްހޫރު "ސީއައިޑީ" ސީރީސްގައި އިންސްޕެކްޓާ ފްރެޑިކްސް ނުވަތަ ފްރެޑީގެ ރޯލު ކުޅުނު ދިނޭޝް ފެޑްނިސް މަރުވެއްޖެ އެވެ.

އުމުރުން 57 އަހަރުގައި ދިނޭޝް ރޭ މެންދަމު މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ގުނަވަންތައް ފެއިލްވެގެންނެވެ. އޭނާ މަރުވިކަން އިއުލާނުކޮށްފައި ވަނީ "ސީއައިޑީ" ގައި ސީނިއާ އިންސްޕެކްޓަރު ދަޔާގެ ރޯލު ކުޅުނު ދަޔާނަންދު ޝެޓީ އެވެ.

ދިނޭޝްއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހާލު މާ ބޮޑަށް ސީރިއަސް ވެގެން ވެންޓިލޭޓަރަށް ލާފައި ވަނީ ހޮނިހިރު ދުވަހު އެވެ.

"ސީއައިޑީ" ސީރީސް އިން މަޝްހޫރުކަން ހޯދި ފްރެޑީ ފެނިގެން ގޮސްފައި ވަނީ މަޖާ ކޮޕެއްގެ ރޯހުންނެވެ. 1998 ވަނަ އަހަރު ފެށި މި ސީރީސް ނިންމާލާފައި ވަނީ 2018 ވަނަ އަހަރު އެވެ. އޭނާ އަކީ ފެށުނީއްސުރެ އެ ސީރީސްގައި މަސައްކަތް ކުރި މީހެކެވެ. އެގޮތުން އެ ސީރީސްގެ އެޕިސޯޑްތައް ލިޔުމުގެ މަސައްކަތް ވެސް އޭނާ ކޮށްފައިވެ އެވެ.

ދިނޭޝް މަރުވިއިރު އޭނާ އަކީ އަންބެއް އަދި ދަރިއެއް ހުންނަ މީހެއް ނޫނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.