އެލައިޑު ސޯޝަލް މީޑިއާ ކޮންޓެސްޓެއް، ފޭވަރިޓް ފިލްމަށް ޓިކެޓެއް

އެލައިޑުން ފެށި މި ކޮންޓެސްޓުގައި ކޮންމެ ހަފުތާއަކު ފިލްމް ބަލަން ޓިކެޓެއް ދޭނެ އެވެ.

އެލައިޑުން ކުރިއަށް ގެންދިޔަ ހަރަކާތެއް : މި ކުންފުނި ފެންނަނީ ވަރަށް ހަރަކާތްތެރިކޮށް

އެލައިޑުން އަބަދު ވެސް ތަފާތު ޕްރޮމޯޝަންތަކާއި ސޯޝަލް މީޑިއާ ކެމްޕޭންތަށް ހިންގަ އެވެ. މި ފަހަރު ވެސް ފަށާފައި މިވަނީ ތަފާތު ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ އިނާމަކީ ފޭވަރިޓް ފިލްމެއް ބަލައިލަންދާން ލިބޭ ފުރުސަތެކެވެ. 

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑުން ބުނީ އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންޓެސްޓުގައި ސުވެކް ސިނަމާގައި ހަފުތާގައި އަޅުވާ ބޮޑު ފިލްމްތަކުގެ ތެރޭން ފިލްމެއް ބަލައިލަން ދާން ފުރުސަތު ފަހިވާނެ ކަމަށެވެ. މިހާރުވެސް މި ސިނަމާގައި މަޝްހޫރު ގިނަ ފިލްމްތަކެއް ދަނީ ދައްކަމުންނެވެ. 

ކޮންޓެސްޓުގައި ބައިވެރިވާނެ ގޮތް 

  • އެލައިޑް ފޭސްބުކް ޕޭޖް ފޮލޯކޮށްލާނީ
  • ލައިކް ކޮށްލާފަ ޕޯސްޓް ކޮށްލާނީ
  • ރަހުމަތްތެރިންނަށް ޓެގްކޮށްލާނީ

މި ކޮންޓެސްޓުގެ ލަގީޑްރޯ ނެގުން އޮންނާނީ ކޮންމެ ބުރާސްފަތި ދުވަހަކު އެވެ. 

އެލައިޑް އިންޝުއަރެންސް - އެލައިޑް އިންޝުއަރެންސް އުފެދިފައިވަނީ 1985 ވަނަ އަހަރު މޯލްޑިވްސްގެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ފަށައިގަތީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކޮމްޕެނީ އާއި މޯލްޑިވްސްގައި ވިޔަފާރީގެ ހުރިހާ ހަރަކާތެއް ހިންގާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ. އަދި 1987 ވަނަ އަހަރުގެ ކުރީކޮޅު އެސްޓީއޯއިން ވަނީ އެލައިޑް އިންޝުއަރެންސް ޗާޓަރުކޮށްގެން ކޮމާޝަލް ޔޫނިއަން އެޝުއަރެންސްގެ ހިއްސާ އަނބުރާ ގަނެ ދިވެހިންގެ އަމިއްލަ ކުންފުންޏަކަށްވި އެވެ. މިއަދު މި ކުންފުންޏަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ހިއްސާކުރާ އެންމެ ބޮޑު އެއް ފައިނޭންޝަލް އިންސްޓިޓިއުޓް އަދި އެންމެ ފާހަގަކޮށްލެވޭ އިންޝުއަރެންސް ބްރޭންޑެވެ. އެލައިޑް އަކީ ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ ވޮލިއުމް އާއި ވިޔަފާރީގެ ފައިދާގެ ގޮތުން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.