ޔާމީން ޕާޓީ ރަޖިސްޓަރީ ކުރަން ބުރާސްފަތީގައި ވައްދަނީ

އެންމެ ފަހުން ރާއްޖޭގައި އެއްމެ އަވަސް މިނެއްގައި މަސައްކަތްކޮށް ރަޖިސްޓަރީއަށް ހުށަހެޅީ "ދަ ޑިމޮކްރެޓްސް" އުފައްދާށެވެ.

ރައީސް ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަށް އެދުނު ދުވަހު އިސް އޮފިޝަލުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރައީސް ޔާމީން އަބްދުލް ގައްޔޫމް އުފައްދާ މަސައްކަތް ފަށާފައިވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް - ޕީއެންއެފްގެ ފޯމްތަކާއެކު ރަޖިސްޓަރީ ކުރަން އަންނަ ބުރާސްފަތީގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭވަރު ވާނެ ކަމަށް އެ ޕާޓީ އުފެދުމުގެ މަސައްކަތުގެ އިސް ހަރަކާތްތެރިޔާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ. 

މަލީހު މިއަދު ވިދާޅުވީ އަތޮޅުތަކުގެ ތެރޭން އެ ޕާޓީއާ ގުޅޭ މެންބަރުންގެ ފޯމްތައް ނަގައި އެއްކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި އޮންލައިންކޮށް ފޯމްތައް ސަބްމިޓް ކުރެވޭތޯ ބަލަން އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލްގެ އެކްސެސް ލިބޭނެ ކަމަށް އުންމީދު ކުރާއިރު އެކަމާ ގުޅޭ ބައްދަލުވުމެއް އީސިން ބާއްވާނެ ކަމަށް ބެލެވޭ ކަމަށެވެ. 

އޭނާ އަދި ވިދާޅުވީ މިހާރުވެސް އެ ޕާޓީގެ ފޯމްތަކުގެ ވެރިފިކޭޝަން މަސައްކަތް ހިނގަ ހިންގާ އެބައޮތް ކަމަށެވެ.

"ބުރާސްފަތީގައި ސަބްމިޓް ކުރެވޭވަރު ވާނެ ވެރިފިކޭޝަން ނިންމާލެވިއްޖެ ނަމަ، އަންނަ ބުދަ ދުވަހު އަޕްޑޭޓެއް ދޭނަން،" މަލީހު ވިދާޅުވި އެވެ.

ޕާޓީ ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނީ 3،000 މެންބަރުންގެ ސައްހަ ފޯމާއެކު އެވެ.

އެ އަދަދަށް ސައްހަ ފޯމް އިލެކްޝަނަށް ކަށަވަރު ކުރެވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދޭނެ އެވެ. އެ ޖަލްސާ ބާއްވަން ޖެހޭނީ 300 މެންބަރުންނާއެކު އެވެ. އެ އަދަދު ހަމަވޭތޯ ވެސް ކޮމިޝަނުން ބޯ ގުނާނެ އެވެ. އޭގެ ފަހުން ޕާޓީ ރަޖިސްޓަރީ ކޮށްދީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޖައްސައި ދޭނެއެވެ.

އެންމެ ފަހުން ރާއްޖޭގައި އެއްމެ އަވަސް މިނެއްގައި މަސައްކަތްކޮށް ރަޖިސްޓަރީ ކުރަން ހުށަހެޅީ "ދަ ޑިމޮކްރެޓްސް" އުފައްދާށެވެ. ރައީސް މުހައްމަދު ނަޝީދަށް އެ މަނިކުފާނުގެ ވަފާތެރިން ހަދައިދިން ޑިމޮކްރެޓްސް ރަޖިސްޓަރީ ކުރަން ވެއްދީ 3560 މެންބާޝިޕް ފޯމް ހަމަ ކޮށްގެނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.