ޝަކުވާ ހިފައިގެން ދިޔަ މާޔާއަށް ކަމުދިޔައީ މިނިސްޓަރު ފައިސަލް

މާޔާއިން މިނިސްޓަރު ފައިސަލާ ބައްދަލު ކުރީ މަަޝްވަރާ ނުކޮށް ކުރީގެ ސަރުކާރުން ހެދި ގަވާއިދެއްގެ ސަބަބުން ވިޔަފާރިއަށް ހުރަސް އެޅޭ މައްސަލަ ހައްލުކުރެވޭތޯ އެވެ.

މާޔާއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުގެ ތެރޭން : މި ބައްދަލުވުމުގައި ފުޅާކޮށް މަޝްވަރާ ކުރި

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދެއްކެވިލެއް "ފީކަޅާކަމުން" ނުރުހުމަށްވުރެ ބޮޑަށް ގިނަ ބައެއްގެ "ބުލީ ކުރުމެއް" މިނިސްޓަރު ފައިސަލަށް އަމާޒުކޮށްފައި ވެއެވެ. އެ ފާޑުކިޔަސް އިންޑަސްޓްރީގެ ސީނިޔަ ގިނަ ބޭފުޅުން ބުނަނީ މިހާރު ބޭނުންވަނީ މޮޅު ވާހަކަ ދެއްކުންތެރިއަކަށްވުރެ ހައްލު ހޯދާނެ ބޭފުޅެކެވެ. 

އާ މި މިނިސްޓަރަށް އަދި ވަގުތު ބޭނުންވާނެ އެވެ. މިހާރު ބޭނުންވަނީ ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރަން މަޝްވަރާ ކުރާނެ ވެރިއެކެވެ. އެފަދަ މައްސަލައެއްގެ ޝަކުވާ ހިފައިގެން ހައްލު ފެނޭތޯ މިނިސްޓަރު ފައިސަލްއާ ބައްދަލު ކުރީ ރާއްޖެއަށް ސުޕަ ޔޮޓްސް އާއި ކްރޫޒްލައިން ގެންނަން ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ނެވެ. 

ބައްދަލުވުމަށްފަހު މާޔާ އިން ބުނީ

މާޔާ އިން ބުނި ގޮތުގައި މިނިސްޓަރު ފައިސަލްގެ ފަރާތުން ފެނިގެން ދިޔައީ ލީޑަރެއްގެ ސިފަތެކެވެ. 

މިނިސްޓަރީގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގެ މައުލޫމާތު "މި" ނޫހަށް ދެއްވަމުން އެ ޖަމިއްޔާގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ފެނިގެން ދިޔައީ މިނިސްޓަރުގެ ލީޑާޝިޕެވެ. އެ ފަރާތްތަކުން ބައްދަލުކޮށް ހުށަހެޅި ކަންބޮޑުންތައް ހައްލު ކުރަން ވަގުތުން މަސައްކަތް ފެއްޓެވި އެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ސަރުކާރުން ހަދާފައިވާ ގަވާއިދެއްގެ ސަބަބުން މި ސިނާއަތަށް ހިދުމަތް ދޭން ދަތިވުން. މި ގަވައިދު ހަދާފައި ވަނީ މިދިޔަ ސަރުކާރުން،. އެކަން ކުރީ މަޝްވަރާ ވެސް ނުކޮށް، އެހެންވެ އެ ގަވައިދު އިސްލާހު ކުރޭތޯ އަހާލަން ބައްދަލު ކުރީ،" އޭނާ ވިދާޅުވި އެވެ. 

މާޔާއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުގެ ތެރެއިން: މި ބައްދަލުވުމުގައި ފުޅާކޮށް މަޝްވަރާ ހިނގި

ކޮންމެ އަހަރަކު އެތައް ހާސް ޓޫރިސްޓުންނަކާއި މަޝްހޫރު މީހުން ރާއްޖެ ގެންނަ އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރޭގައި މިނިސްޓަރު އިންނަވައިގެން ލީގަލް ޓީމަށް އަންގަވައި ވަގުތުން މައްސަލަ އިސްލާހު ކުރަން އަޅަން ޖެހޭ ފިޔަވަޅު އަޅަން ފެއްޓެވި އެވެ. ޕޮޒިޓިވް ނިޝާނެއް ދެއްވެވި އެވެ

"ވިދާޅުވި މިކަން ވާންޖެހޭނެ ނޫންހޭ. އަވަހަށް އަޅުގަނޑުމެން އިސްލާހު ކުރަން އެދޭ، އަދި ގެޒެޓްކޮށްފައިވާ ގަވައިދުގެ ކޮޕީއެއް ހޯއްދަވައި ފިޔަވަޅު އަޅައި ދެއްވި، ފެނިގެން ގޮސްފައިވަނީ ލީޑަރެއްގެ ސިފަ،" އޮފިޝަލް ވިދާޅުވި އެވެ. 

މާޔާއިން ބުނި ގޮތުގައި މި އަހަރުވެސް ގިނަ އަދަދެއްގެ ކްރޫޒްލައިން އަންނާނެ އެވެ. މިމަހުގެ ވެސް ރާއްޖޭގެ ތިން ސަރަހައްދަކަށް ބަނދަރުކޮށްފައި ދާ ގޮތަށް ކްރޫޒްލައިނެއް އާދެ އެވެ. 

ކޮމެންޓް

2
450
މަހޭބެ
1 year ago

ރާއްޖެ ޓޫރިޒަމްދާއިރާގެ މުސްތަގުބަލަށް ބަލާއިރު، މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމާއި އުފުލަންޖެހޭ ޒިންމާއަށް ބަލާފަ، ތިގޮތަށް ބައްދަލްކޮށްލާ ބަޔަކާ ދައްކާލާ ވާހަކައަކުން، އެމީހާގެ ކެލިބަރ ހުރިކަމަކަށް ނިންމައެއް ނުލެވޭނެއެވެ. ތިމީޓިންގައި އެދިފައިއެވަނީ ނިސްބަތުން ވަރަށް ކުޑަކުޑަ ކަމެކެވެ.

އިބްރާހިމް
1 year ago

އަސްލުވެސް ބޭނުމީ ޅެންވެރިއެއްނޫން .

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.