ޗާގޯސް މައްސަލާގައި ގާސިމްގެ އިލްތިމާސެއް ރައީސަށް، ހުރިހާ އެހީއެއް ދޭނަން

މި މަސައްކަތުގައި މަނިކުފާނަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީން ތައްޔާރަށް އޮތްވާހަކަ ވެސް ދަންނަވަމެވެ،

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

އިޓްލޮސްގެ ނިންމުމާއި އެކު ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރި ކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.

ގާސިމް މިކަމަށް އިލްތިމާސް ކުރެއްވީ އިނގިރޭސި ދައުލަތުން ޗާގޮސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓް ކުރުމާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ގާސިމް ވިދާޅުވީ މި ދަނޑިވަޅު ގައި އިޓްލޮސް ގެ ނިންމުމާއި އެކު ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ⁦‪އަރިހުގައި ނުހަނު އިހްތިރާމާއި އެކު ދަންނަވަމެވެ

ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ކެންޕޭނު ގައި ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައިކަން ގާސިމް ވަނީ ފާހަގަ ކުރައްވާފައެވެ. 

މި މައްސަލަ އަކީ ފާއިތުވި ރިޔާސީ އިންތިހާބު ގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން ހައްލު ހޯދުމުގެ އަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ގައުމީ މައްސަލަ އެއް ކަން ފާހަގަ ކުރައްވާ ގާސިމް ވަނީ އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ކަނޑުގެ ސަރަހައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާނޭ ކަމަށް ޔަގީން ކުރައްވާ ކަމަަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަދި މި މަސައްކަތުގައި މަނިކުފާނަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީން ތައްޔާރަށް އޮތްވާހަކަ ވެސް ދަންނަވަމެވެ،" ގާސިމްގެ ޕޯސްޓް ގައި ވިދާޅުވި އެވެ.

ދިވެހީންގެ ކަންބޮޑުވުން އޮތް އެންމެ މުހިންމު މައްސަލަތައް ހައްލު ކުރުން ހިމަނާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން -- "ހަފްތާ 14" ވަނީ އިފްތިތާހު ކޮށްފައެވެ.

ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން އަމާޒު ހިފާފައިވާ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ދިވެހީންގެ ކަންބޮޑުވުން އޮތް އެންމެ މުހިންމު މައްސަލަތައް ހައްލު ކުރުން ހިމަނާފައިވެއެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަަސައްކަތް ފެށުން ހިމެނެ އެވެ. އަދި ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަން ކަމާއި ސިދާޔަތަށް ނުރައްކާވާނެ ގޮތަށް ހުރި ނުކުތާތައް އުވާލުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ ސަރަހައްދުން ހޯދުމުގެ މަަސައްކަތް ފެށުމަށް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން އިޓްލޮސް އިން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

2
450
ހަސަނު
4 months ago

ޝުކުރިއްޔާ އޮނަރަބްލް ޤާސިމް ދިވެހި އިޤްތިސޯދަށްޓަކައި އަވަސް ހައްލު ހޯދަން ޖެހޭ މުހިއްމު މައއސަލައެއް

ސޭކް ހަސީނާ
4 months ago

ގާސިމްގެ ޕާޓީ އެއް އެބަ އޮތްތަ؟؟ ދެން އޮތް ވާހަކަ އަކީ ސަރުކާރަށް ދަރާ ވިކިފަ އޮތް މީހެއް ދެން ކިހނެތް ސަރުކާރަށް އެހީ ވަނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.