އައްޑޫގެ މާރާމާރީތަކާ ގުޅިގެން ދެ ޒުވާނަކު ހައްޔަރު ކޮށްފި

އައްޑޫގައި ގްރޫޕް މާމާރީތައް ފެށިފައިވާއިރު މާލޭގައި ވެސް އެފަދަ މާރާމާރީއެއް އައިސްފައި ވެއެވެ. އެހެން ވެގެން ފުލުހުން ވަނީ މާލެ އާއި އައްޑޫސިޓީގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ.

ތަހުގީގަކަށް ފުލުހުން ހަރަކާތްތެރި ވަނީ

އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން އިތުރު ދެ ޒުވާނަކު ހައްޔަރު ކޮށްފި އެވެ.

އައްޑޫ ގައި މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުރައްކާތެރި މާރާމާރީއެއް ވަނީ ހިންގާފައެވެ. އަދި އިއްޔެ ވެސް ދެ ގުރޫޕެއްގެ މެދުގައި ނުރައްކާތެރި މާރާމާރީ އެއް ހިންގާފައެވެ.

ފުރަތަމަ ހިންގި މާރާމާރީގެ ތުހުމަތަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގާ ނިމެންދެން ބަންދު ގައި ބެއިތިއްބުމަށް ކޯޓުން ވަނީ އަމުރު ދީފައެވެ.

ފުލުހުން މިރޭ ބުނީ މާރާމާރީ ހިންގުމުގެ ތުހުމަތަށް މިއަދު ވެސް އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. 23 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

އިއްޔެ މެންދުރު ފަހު ހިންގި މާރާމާރީއާ ގުޅިގެން ވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގެ ތުހުމަތަށް ހައްޔަރު ކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހިންގި މާރާމާރީ ގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލި އެވެ. އެ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ދެރަ އެވެ. އޭނާ ހަމާލާ ދީފައި ވަނީ ވަޅިން ކަމަށް ވެއެވެ. މޫނު މަތީ ވަރަށް ބޮޑު ޒަހަމެއް ހުއްޓެވެ.

އިއްޔެގެ މާރާމާރީ ގައިވެސް ޒުވާނެއްގެ ގަޔަށް ވަޅި ޖެހި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.