ވަޒީރުންގެ ތެރެއިން އާދަމް ޝަރީފާއި މުހައްމަދު ސައީދަކީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ދެ ބޭފުޅުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 23 މިނިސްޓަރުން ތިއްބަވަ އެވެ.
އެ ޕާޓީއަށް އަލަށް އިއްޔެ އާއި ރޭ ގުޅި ވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި ދިވެހިބަހުގެ މިނިސްޓަރު އާދަމް ނަސީރާއި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި ސްޕޯޓް މިނިސްޓަރު އަބްދުﷲ ރާފިއު ހިމެނި ވަޑައިގަންނަވަ އެވެ. ދެން ހިމެނެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އެވެ.
ކޮންގްރެސް ޕާޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެހެން ގިނަ މިނިސްޓަރުން ވެސް މި ހަފުތާގެ ތެރޭގައި ކޮންގްރެސްއާ ގުޅޭނެ އެވެ.
ނމަވެސް ޕީޕީއެމްގައި ތިއްބެވި ވަޒީރުން، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަކީ އެ ޕާޓީގެ ލީޑަރުންނަށްވެފައި އެ ބޭފުޅުންނަކީ ޕީޕީއެމްގެ ސެނެޓްގެ މެންބަރުންނަށްވާތީ އެ ދެ ބޭފުޅުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައެއް ނުގަންނަވާނެ އެވެ.
"އެހެން ވަޒީރުންގެ ތެރެއިން ކޮންގްރެސް ޕާޓީއާ ގުޅިވައި ނުގެން އަދި ތިއްބެވި ބޭފުޅުން ޕާޓީއަށް ސޮއި ކުރައްވަމުން ގެންދަވާނެ،" އެ އޮފިޝަލު ވިދާޅުވި އެވެ.
ވަޒީރުންގެ ތެރެއިން އާދަމް ޝަރީފާއި މުހައްމަދު ސައީދަކީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ދެ ބޭފުޅުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 23 މިނިސްޓަރުން ތިއްބަވަ އެވެ.
ޕީއެންސީި ދުވަހެއް ދުވަހަށް ދަނީ ބޮޑުވެ ފުޅާވަމުން. ވެލްކަމް 4 މިނިސްޓަރސް