ޕީއެސްއެމުން މާލޭ މޭޔަރު ކެންޑިޑޭޓުންގެ ޑިބޭޓެއް ބާއްވަނީ

މި ފަހަރު މާލޭގެ މޭޔަރު ކަމަށް ހަތަރު ކެންޑިޑޭޓަކު ވާދަ ކުރައްވާ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވެއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރައްވާ މާލެ ސިޓީ ކައުންސިލްގެ މެންބަރެއް ކަމަށްވާ ސައިފު ފާތިހު (އައެކޮ)
ޕީއެސްއެމް

މާލޭ ސިޓީގެ މޭޔަރު ހޮވަން އަންނަ މަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ޑިބޭޓެއް ބާއްވަން ޕީއެސްއެމުން ނިންމައިފި އެވެ.

މޭޔަރު ކަމަށް ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް މި ޑިބޭޓަށް ދައުވަތު ދޭނެ އެވެ. ނަމަވެސް އަދި ޑިބޭޓަށް ގޮވައެއް ނުލަ އެވެ. އަދި ބާއްވާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެ އެވެ. 

މި ފަހަރު މާލޭގެ މޭޔަރު ކަމަށް ހަތަރު ކެންޑިޑޭޓަކު ވާދަ ކުރައްވާ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވެއެވެ. 

އެއީ ކޮންގްރެސް ޕާޓީ / ޕީއެންސީ އާއި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދާ ޕީޕަލްސް ނެޝަނަލް ފްރޮންޓުން ވާދަ ކުރައްވާ ކުރީގެ ފުލުސް ކޮމިޝަނަރު ހުސައިން ވަހީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރައްވާ މާލެ ސިޓީ ކައުންސިލްގެ މެންބަރެއް ކަމަށްވާ ސައިފު ފާތިހު (އައެކޮ) އެވެ.

މި ބައި-އިލެކްޝަން އޮންނާނީ އަންނަ ޖަނަވަރީ 13 ވަނަ ދުވަހު އެވެ. މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސްވީ މުޅި ސިޓީގެ ރައްޔިތުން ވޯޓްލައިގެ މޭޔަރު އިންތިހާބު ކުރާ ގޮތަށް ގާނޫނު ބަދަލު ކުރި ފަހުން ވޯޓުން އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުންނެވެ.

ކޮމެންޓް

1
450
ފާތުން
5 months ago

ރަނގަޅު ކަމެެއްތީ ކުރަން. އަޅުގަނޑު ގެ ސަޕޯޓް އޮތީ އާޒިމާ ޝުކޫރަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.