ޑިމޮކްރެޓްސްގެ ނާއިބުންނަށް ޝިފާޒާއި އަލައިކާ އަދި ފިރުޝާން

ނާއިބު ރައީސް ކަމަށް ވޯޓެއް ނެތި ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވަނީ އިންތިހާބު ވެފައެވެ. ނަމަވެސް ނާއިބު ރައީސް އަންހެން އަދި ނާއިބު ރައީސް ޒުވާނުން ގެ މަގާމުގެ ވާދަވެރިކަން ބޮޑެވެ.

ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސުން

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ނާއިބު ރައީސްގެ މަގާމަށް ތިން ބޭފުޅަކު އިންތިހާބު ކޮށްފި އެވެ.

އިއްޔެ އޮތް ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބު ގައި މުހިންމު މަގާމުތަކަށް ހޮވުނު ބޭފުޅުންގެ ނަންތައް ވަނީ މިރޭ އިއުލާނު ކޮށްފައެވެ.

ޕާޓީގެ ރައީސް ކަމަށް އިންތިހާބުވީ ހަސަން ލަތީފެވެ.

ޑިމޮކްރެޓްސް ގައި ތިން ނާއިބު ރައީސުން ހިމެނެ އެވެ. އެއީ ނާއިބު ރައީސާއި ނައިބު ރައީސް އަންހެން އަދި ނައިބު ރައީސް ޒުވާނުން، ނެވެ.

ނާއިބު ރައީސް ކަމަށް ވޯޓެއް ނެތި ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވަނީ އިންތިހާބު ވެފައެވެ. ނަމަވެސް ނާއިބު ރައީސް އަންހެން އަދި ނާއިބު ރައީސް ޒުވާނުން ގެ މަގާމުގެ ވާދަވެރިކަން ބޮޑެވެ.

އަންހެން ނާއިބު ރައީސަކަށް ހޮވިފައި ވަނީ އަލައިކާ އަދުނާން އެވެ. ޒުވާނުންގެ ނާއިބު ރައީސަކަށް ހޮވިފައި ވަނީ މެންބަރު ހުސައިން ފިރުޝާން އެވެ.

ނާއިބު ރައީސް އަންހެން:

  •  އައިޝަތު އަލައިކާ އަދުނާން - 1954 ވޯޓް
  •  މަރިޔަމް ރީހާން - 1،006 ވޯޓް
  •  ޖުމްލަ ވޯޓް - 3،002 ވޯޓް
  •  ބާތިލް - 40 ވޯޓް

ނާއިބު ރައީސް ޒުވާނުން:

  •  ހުސައިން ފިރުޝާން - 1،689 ވޯޓް
  •  މުހައްމަދު އަންސަރު - 1،061 ވޯޓް
  •  މުހައްމަދު އަލާން - 93 ވޯޓް
  •  ޖުމްލަ ވޯޓް - 2،405 ވޯޓް
  •  ބާތިލް ވޯޓް: 62
ޑިމޮކްރެޓްސްގެ ވިމެންސް ޑެމްގެ މަގާމަށް ކުރިމަތިލީ ދެ ބޭފުޅުން

އިއްޔެ އޮތް އިންތިހާބު ގައި ވިމެންސް ޑެމް -- އަންހެންގެ ގޮފީގެ ރައީސާ ހޮވުމަށް 1،030 މެންބަރުން ވޯޓްލާފައި ވެއެވެ.

އެ މަގާމަށް އިންތިހާބު ވީ ފާތިމަތު ހަމްދާ މުހައްމަދާ އެވެ. އޭނާއާ ވާދަކުރީ ޝިޔާމާ އަހްމަދެވެ. ހަމްދާ އަަށް 749 ވޯޓް ލިބިފައިވެއެވެ. ޝިޔާމަށް 264 ވޯޓް ލިބުނެވެ.

ޔަންގް ޑެމްސް -- ޒުވާނުންގެ ގޮފީގެ ރައީސަކަށް ހޮވުނީ މުހައްމަދު މާސިހް އެވެ. އޭނާއަށް 367 ވޯޓް ލިބުނުއިރު އޭނާއާ ވާދަކުރި ޔޫސުފް ޝާހަށް ލިބުނީ 324 ވޯޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.