ހަސަން ލަތީފް މޮޅުވެެއްޖެ ކަމަށް ޑިމޮކްރެޓުން އިއުލާނު ކޮށްފި

އިއްޔެގެ އިންތިހާބު ގައި 5،883 މެންބަރުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވި އެވެ. ވޯޓްލާފައި ވަނީ 3،209 މެންބަރުންނެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 54 ޕަސެންޓެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުން: އިންތިހާބު ކާމިޔާބު ކުރީ ހަސަން ލަތީފް

އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސްގެ މަގާމު، ޕާޓީގެ މުއައްސިސް ހަސަން ލަތީފް ކާމިޔާބު ކުރައްވާފައިވާ ކަމަށް އެ ޕާޓީން އިއުލާނު ކުރި ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ. 

ޑިމޮކްރެޓުންގެ ފުރަތަމަ އިންތިހާބުގައި ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބު ކުރަން އިއްޔެ ވަނީ ވޯޓް ނަގާފަ އެވެ. މާލޭގެ އިތުރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ ހަވީރު 4:00 އާ ހަމަޔަށް ވަނީ ވޯޓްލުން ކުރިއަށް ގެންގޮސްފަ އެވެ.

އާންމު ގޮތެއްގައި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ، ވޯޓްލާ ނިމޭތާ ދެ ގަޑިއިރެއްހާއިރު ތެރޭގައި އެނގިގެންދެ އެވެ. ނަމަވެސް ރޭ އެ ޕާޓީން އިއުލާނުކޮށްފައި ވަނީ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ މިއަދު ކަމަށެވެ. ނަމަވެސް ފަހުން އެ ވަގުތު މިރޭ އަށެއް ޖެހުމަށް ބަދަލު ކުރި އެވެ.

މެންބަރުންގެ މެދުގައި ބޮޑު ނުތަނަވަސް ކަމެއް އުފެދިފައި ވަނިކޮށް އާންމު ކުރި ވަގުތީ ނަތީޖާ އިން އަމްރުގެ މައްޗަށް ހަސަން ވަނީ ކުރި ހޯއްދަވާފައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ރައީސް ހޮވުމަށް އެ ޕާޓީގެ 3،029 މެންބަރުން ވޯޓް ލާފައިވާ ކަމަށެވެ.

  •  ހަސަން ލަތީފް - 1،704 ވޯޓް
  •  ހުސައިން އަމްރު - 1،300 ވޯޓް
  •  ޖުމްލަ ވޯޓް - 3029 ވޯޓް
  •  ބާތިލް ވޯޓް - 50 ވޯޓް

އާޒިމް ވިދާޅުވީ އިއްޔެގެ އިންތިހާބު ގައި 5،883 މެންބަރުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވީ ކަމަށެވެ. ވޯޓްލާފައި ވަނީ 3،209 މެންބަރުންނެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 54 ޕަސެންޓެވެ.

ވަގުތީ ނަތީޖާ އިއުލާނު ކޮށްފައި މިވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ތުުހުމަތު ކޮށްފައި ވަނިކޮށެވެ. ފަސްހާހެއްހާ މީހުން ވެސް ވޯޓް ނުލާ އިންތިހާބެއްގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން މިހާ ބޮޑަށް ފަސް ކުރުމަކީ އެތައް ތުހުމަތަކަށް ހުޅުވުނު ދޮރެކެވެ.

އަމްރު ވެސް އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުމާމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އިއްޔެ އޮތް ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެ ނަތީޖާއާ މެދު އިތުރަށް އޭނާ އެއްވެސް އެއްޗެއް ނުދަންނަވާނެ ކަމަށެވެ.

އިންތިހާބުގެ މައުލޫގައި އަމްރު ވަނީ ވަރަށް ތަފްސީލް ކޮށް ދެންމެ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ އިންތިހާބަށް ކުރިމަތި ލައްވަނީ މޮޅުވާ ފަރާތަކާއި ބަލިވާ ފަރާތެއް ވާނެކަން އެނގިވަޑައިގެން ހުންނަވާ ކަމަށެވެ.

"ވަރަށް ގިނަ އިންތިހާބު ގައި ވާދަ ކުރެއްވިއްޖެ. ބައެއް އިންތިހާބު އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު. އަނެއް ބައި އިންތިހާބުތަކުގައި ނާކާމިޔާބުވީ ނަމަވެސް އެކަމާ ޝަކުވާ އެއް ނުކުރަން،"

އަމްރު ވިދާޅުވީ ފާއިތުވި 15 އަހަރެއްހާ ދުވަހު އޭނާއާއެކު ސިޔާސީ މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އެކަން ސާފުވާނެ ކަމަށެވެ. އޭނާއަކީ ދޫދޭން ޖެހޭ ތަންތަނުގައި ބޮޑުކޮށް ދޫ ދެއްވާނެ ބޭފުޅެއް ކަމަށާ އަދި އަސާސްތަކުގައި ހިފަހައްޓަވާނެ ބޭފުޅެއް ކަން ވެސް ސާފުވާނެ އެވެ.

މިސާލުތަކެއްވެސް ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ނުކުންނަވާ އޭނާ ފަހަތަށް ޖެހިވަޑައިގަތެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރޭހަށް ނުކުންނަވާ ވެސް ފަހަތަށް ޖެހިވަޑައިގެންފައިވާނެ ކަމަށެވެ.

"މަސްލަހަތަށްޓަކައި ފަހަތަށް ޖެހުމަކީ އަޅުގަނޑު ނުކުރާނެ ކަމެއް ނޫން. އެއީ މި މަަސައްކަތަކީ އަޅުގަނޑު ވެސް ލޯތްބާއި ގުރުބާނީއާއެކު ކުރި މަސައްކަތެއް ވީމަ،"

އަމްރު ވިދާޅުވީ އެކަން އެހެން އޮތަސް ކަމެއް ގޯހުން ދާކަން ފާހަގަ ވެއްޖެނަމަ އެ ވާހަކައެއް ސީދަލަށް ވިދާޅުވާނެ ކަމަށެވެ. އެ ހިތްވަރާއި ކެރުން ހުންނާނެ ކަމަށެވެ. އެކަން ކުރަނީ އެންމެނަށް ރަނގަޅަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ވަގުތީ ނަތީޖާ އިއުލާނު ނުކުރަނީސް ރޭ ދެ ކެންޑިޑޭޓުން ވެސް ވަނީ މޮޅުވެއްޖެ ކަމަށް އިއުލާނު ކޮށްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.