ދެން ބޮޑު ކުރާނީ ސިއްހީ ދާއިރާގެ މުސާރަތައް: ރައީސް

ސިއްހީ ދާއިރާގެ މުސާރައިގެ ކުރިއެރުން ދޭނެ ގޮތުގެ އެއްވެސް ތަފުސީލަކަށް ރައީސްގެ ތަގުރީރުގެ އެއްވެސް ހިސާބެއްގައި ވަޑައިގެންފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބޮޑަށް އަލި އަޅުވާލެއްވީ ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށް ގެނެވުނު ބަދަލަށެވެ.

"ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު މަޑުކޮށްލަވައިގެން: ރައީސް ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކޮށް ދެއްވާނެ -- ރައީސަް އޮފީސް

ހިދުމަތުގައި ދެން އެންމެ އަވަހަށް ބޮޑު ކުރާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެ އުފާވެރި ހަބަރު ދެއްވައިފި އެވެ.

ލ. ގަމުގައި ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ އިފުތިތާހީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށެވެ. އަދި އެ ގެނައި ބަދަލަކީ ކޮންމެހެން ކުރަންޖެހި، މިހާތަނަށް ނުކޮށް ދޫކޮށްލާފައި އޮތް ކަމެއް ކަމަށެވެ. ރައީސް އިޝާރާތް ކުރެއްވީ ތައުލީމީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލެވެ.

ރައީސް މިއަދު ވިދާޅުވީ ދެން އެންމެ އަވަހަށް މުސާރައިގެ ކުރިއެރުމެއް ލިބޭނީ ސިއްހީ ދާއިރާ އަށް ކަމަށެވެ. ރައީސް އެހެން ވިދާޅުވި ނަމަވެސް މުސާރައިގެ ކުރިއެރުން ދޭނެ ގޮތުގެ އެއްވެސް ތަފުސީލަކަށް އެ މަނިކުފާނުގެ ތަގުރީރުގެ އެއްވެސް ހިސާބެއްގައި ވަޑައިގެންފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބޮޑަށް އަލި އަޅުވާލެއްވީ ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށް ގެނެވުނު ހެޔޮ ބަދަލަށެވެ.

ތައުލީމީ ދާއިރާގެ މުސާރަތައް

  •  ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266 ރ.
  •  ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467 ރ.
  •  މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895 ރ.
  •  ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610 ރ.
  •  ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް މަހަކު 33،075 ރ.

ރައީސް ވިދާޅުވީ ރާއްޖެ ވިއަވަތިވެ ދިރިއުޅުން ޖަޒީރާވެ އުފާ ފާގަތި ކަމާއި ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށް ހައްގު ކަމަށެވެ. ކުރާ މަސައްކަތުގެ ހައްގު އުޖޫރަ ވެސް ލިބެންޖެހޭ ކަމަށެވެ.

"ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ އެފައިސާ އަތަށް ލިބިއްޖެ އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތަށް ރަނގަޅެއް ވެއްޖެ ގާބިލު އެކަށޭނަ ޕްރިންސިޕަލުންނާ ޓީޗަރުން ލިބުމަށް އޮތް އެންމެ ބޮޑު ހުރަސް އަޅުގަނޑުމެން ނައްތާލައިފިން. ސަރުކާރުން ގެނައި އިންގިލާބީ ހެޔޮ ބަދަލަކީ ކޮންމެހެން ކުރާން ޖެހި ނުވެ އޮތް ކަމެއް މުސާރައިގެ ހެޔޮ ބަދަލު ދެން އިރާދަ ކުރެއްވިއްޔާ އެންމެ އަވަހަށް ލިބޭނީ ސިއްހީ ދާއިރާ އަށް" ރައީސް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުސާރަތައް ބޮޑު ނުވާ މައްސަލައަކީ ރާއްޖޭގެ ދޭތެރެ ދޭތެރެއިން އޮންނަ ބޮޑު ޝަކުވާއެކެވެ. ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަތައް ކުޑަ ވެގެން ހުރިހާ ސަރުކާރެއްގައި ވެސް ޝަކުވާ އުފުލާ ހަދަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.