އެސްޓީއޯ މަކިޓާ ހެއްޔާ ޕްރޮމޯޝަނު ގައި ބޮޑެތި އިނާމުތަކެއް

މި ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިޔަށް ގެންދާނެ އެވެ.

އެސްޓީއޯ އިން ހެއްޔާ މަކިޓާ 2023 މުބާރާތް ފެށުން --

އެސްޓީއޯ އިން ކުރިއަށް ގެންދާ މަކިޓާ ހެއްޔާ މަކިޓާ ޕްރޮމޯޝަން ބޮޑެތި އިނާމުތަކާއެކު މިއަދު ފަށައިފި އެވެ. 

މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ގެންދާ މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، މުހްއްމަދު އީމާން އެވެ. 

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން އެ ކުންފުނީގެ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައި ކުރިއަށްދާނެ ކަމަށެވެ. ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭއިރު 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. 

އެސްޓީއޯ އިން ހެއްޔާ މަކިޓާ 2023 މުބާރާތް ފެށުން --

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއް ވަނަ އަށް ދާ ފަރާތަކަށް މަކިޓާ ޝޯރޫމުން 30،000 ރުފިޔާގެ ގިފްޓް ވޮއުޗާ އެއް ލިބޭނެ އެވެ. އަދި ދެވަނަ އަށް 20،000 ރުފިޔާގެ ގިފްޓް ވޮއުޗާ އެއް ލިބޭ އިރު ތިން ވަނަ އަށްދާ ފަރާތަކަށް 10،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ. މީގެ އިތުން މި ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ވެސް ކުރިޔަށް ގެންދާނެ އެވެ.

އެސްޓީއޯ އިން ހެއްޔާ މަކިޓާ 2023 މުބާރާތް ފެށުން --

މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.