މަޖިލިސް ނައިބު ރައީސަކަށް އެމްޑީޕީން ވާދަކުރާނެ ނަން ހޮވަން ސިއްރު ވޯޓެއް

އެމްޑީޕީ ޕީޖީ ގްރޫޕުން ބުނީ އެ ޕާޓީގެ ފަރާތުން ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ސިއްރު ވޯޓް ނެގުން ކުރިއަށް ދާނީ މިއަދު ހަވީރު 4:00 ގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މެމްބަރުން --

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓެއް ނަގަން ނިންމައިފި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބުނީ އެ ޕާޓީގެ ފަރާތުން ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ސިއްރު ވޯޓް ނެގުން ކުރިއަށް ދާނީ މިއަދު ހަވީރު 4:00 ގައި ކަމަށެވެ.

މި މަގާމަށް ތިން މެމްބަރަކު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ؛

  •  އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
  •  ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  •  ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ނައިބް ރައީސްގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރަން މިރޭ މަޖިލީސް ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައެވެ.

ނައިބް ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ދަނިކޮށެވެ. އިސްތިއުފާ ދެއްވީ ޖަވާބު ދާރީވުމުގެ ގޮތުން އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވާ ނިންމާލަމުންނެވެ.

އީވާ އިސްތިއުފާ ދެއްވުމާއެކު، އީވާ ވަކިކުރުމުގެ ބަހުސް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އަދި ވޯޓަށް އަހާފައެއް ވެސް ނުވެ އެވެ. އީވާ ދެއްކެވި ވާހަކަތަކަށް ރައްދު ނުދެވުމުން އެމްޑީޕީ ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.