މަޖިލީހުގެ ނައިބު ރައީސްގެ ރޭހަށް ރޮޒޭނާއާ ސައްލެ

ނައިބް ރައީސްގެ މަގާމަށް ބޭފުޅަކަށް އިންތިހާބު ކުރުމަށް މިރޭ މަޖިލީހުގެ އިތުރު ޖަލްސާ އެއް ބާއްވާނެ އެވެ. ޖަލްސާ އޮތީ 8:30 ގައެވެ. މި ޖަލްސާގައި ނަގާ ސިއްރު ވޯޓަކުން ނައިބް ރައީސްގެ މަގާމަށް މެމްބަރަކު ހޮވާނެ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް: މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލޭ) ޝައުގުވެރިކަން ފާޅު ކުރައްވައި ކެމްޕޭން ކުރައްވަން ފައްޓަވައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

އީވާ އިސްތިއުފާ ދެއްވާފައި ވަނީ އެކަމަނާ ވަކިކުރަން އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މިއަދުގެ ޖަލްސާގައި ކުރިއަށް ދަނިކޮށެވެ. ގަރާރު ހުށަހެޅުމުން، ޖަވާބުދާރީ ވެވަޑައިގަތުމަށް އީވާއަށް ދެއްވި ފުރުސަތުގައި ޖަވާބުދާރީވެ ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާކަން އިއުލާނު ކުރައްވާފަ އެވެ.

އީވާ އިސްތިއުފާ ދެއްވާފައި ވަނީ މަގާމުން ވަކިކުރުމުގެ ވޯޓަށް އެހުމުގެ ފުރުސަތު ނުދިނުމަށެވެ. އެގޮތަށް އަމަލު ކުރެއްވުމުން އެހެން މެމްބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ވެސް ވަނީ ގެއްލިގެން ގޮސްފަ އެވެ. 

މަޖިލީހުގެ ނައިބް ރައީސް ކަމަށް ވަޑައިގަންނަވާނީ މެޖޯރިޓީ އޮތް އެމްޑީޕީން ބޭނުންވާ ބޭފުޅެކެވެ. އެ ޕާޓީން ދެ ބޭފުޅަކު ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޑީޕީ ބައެއް މެމްބަރުން "މި" ނޫހަށް މައުލޫމާތު ދީފައިވެ އެވެ. އެ ކެމްޕެއިން ވެސް އެބަ ހިނގަ އެވެ. އެއީ ރޮޒޭނާ އަދި ސައްލެ އެވެ.

ނައިބު ރައީސްގެ މަގާމަށް ބޭފުޅަކަށް އިންތިހާބު ކުރުމަށް މިރޭ މަޖިލީހުގެ އިތުރު ޖަލްސާ އެއް ބާއްވާނެ އެވެ. ޖަލްސާ އޮތީ 8:30 ގައެވެ. އެ ޖަލްސާގައި ނަގާ ސިއްރު ވޯޓަކުން ނައިބު ރައީސްގެ މަގާމަށް މެމްބަރަކު ހޮވާނެ އެވެ.

މެޖޯރިޓީ އޮތް އެމްޑީޕީ ގައި 56 މެންބަރުން އެބަ ތިއްބެވި އެވެ. މައިނޯރިޓީ ޕާޓީއަކީ އެމްޑީޕީން ވަކިވެވަޑައިގެން މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސް އަށެވެ. އެ ޕާޓީގައި 13 މެންބަރުން ތިއްބަ އެވެ. އެއީ އީވާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެވެ.

ކޮމެންޓް

1
450
ބާރީ
5 months ago

ރޮޒައިނާ ކަމަކު ނުދޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.