"ހަރުކަށި ފިކުރާއި ޑުރަގާ ގޭންގަކީ ރާއްޖެއަށް އެޅިފައިވާ ކަޅު ބޮޑު ހިޔަންޏެއް"

ރައީސް ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރާއި ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަ ތަކަކީ ރާއްޖޭގެ އިޖުތިމާއީ އުފާފާގަތި ކަމަށް އެޅިފައިވާ ކަޅު ބޮޑު ހިޔައްޏެކެވެ. އެކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ވިޔަވަތި ރާއްޖެ ކޮންފަރެންސަފައި ކުރަން ޖެހެ އެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކަށް ފަހު ފުލުހުން ސީންގައި ތަހުގީގު ކުރަނީ: އެ ހަމަލާ ދީފައި ވަނީ ހަރުކަށި ބަޔަކު އެކުވެގެން

ހަރުކަށި ފިކުރާއި ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަ ތަކަކީ ރާއްޖޭގެ އިޖުތިމާއީ އުފާފާގަތި ކަމަށް އެޅިފައިވާ އެންމެ ކަޅު ބޮޑު ހިޔަނި ކަމަށާއި އެ ތިން މައްސައިގެ މައްޗަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ލ. ގަމުގައި މިއަދު "ވިޔަވަތި ރާއްޖެ" ކޮންފަރެންސް ހުޅުވައި ދެއްވާ އެ ރަށުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ލާމަރުކަޒު ވަމުން ދާއިރު ސަރުކާރާއި ކައުންސިލް ތަކުން ރިއާޔަތް ކުރަންޖެހޭ އިޖްތިމާއީ މައްސަލަ ތަކެއް އެބަހުރި ކަމަށެވެ. އަދި އޭގެ ތެރޭގައި ބޮޑު ތިން ކަމެއް ހިމެނޭ އިރު ރާއްޖެއާ ލައިގެންފައިވާ އެ ތިން ކަމަކަކީ "ޒަމާންތަކަކަށް ވޮޑެމުން އައި އަކިރި ގަނޑަކަށް ގޮއްރާޅު އެރުން ފަދަ ކަމެއް" ކަމަށެެވެ.

"އެއީ އެއްވެސް އެއްބަޔަކަށް އެކަނި ހައްލު ނުކުރެވޭނެ ކަމެއް. ސަރުކާރު ކަމަށް ވިޔަސް ކައުންސިލްތަކާ ޑަބްލިއުޑީސީ އާއި ޖަމިއްޔާ ޖަމާއަތްތަކާ ދައުލަތުގެ އަނެއް ދެބާރު ކަމުގައު ވިޔަސް މިކަމުގާ ތިބެން ޖެހޭނީ އެކުގައި،" ރައީސް މިއަދު ވިދާޅުވި އެވެ. "ހާއްސަކޮށް ކައުންސިލް ތަކުން ސަރުކާރާއެކު އެންމެ ބޮޑަށް އަތާ އަތް ގުޅާލަން ޖެހެނީ މިކަމުގައި."

ރައީސް ދާޅުވީ ގޮތުގައި ހަރުކަށި ފިކުރާއި ގޭންގް ކުއްތަކާއި މަސްތުވާތަކެތީގެ މައްސަލަ ތަކަކީ ރާއްޖޭގެ އިޖުތިމާއީ އުފާ ފާގަތި ކަމަށް އެޅިފައިވާ ކަޅު ބޮޑު ހިޔަންޏެކެވެ. އެކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ވިޔަވަތި ރާއްޖެ ކޮންފަރެންސަފައި ކުރަން އެދި ވަޑައިގަންނަވަ އެވެ.

"ހަރުކަށި ފިކުރާ ގޭންގް ކުށްތަކާ މަސްތުވާތަކެތީގެ މައްސަލަ ތަކަކީ ރާއްޖޭގެ އިޖުތިމާއީ އުފާ ފާގަތި ކަމަށް އެޅިފައިވާ އެންމެ ކަޅު ހިޔަނި މިކަމާމެދު ފުޅާދާއިރާއެއްގާ ކަވި މަޝްވަރާތަކެއް މި ބައްދަލު ވުމުގައި ހިންގަވާ ދެއްވުން އަޅުގަނޑު އެދެން،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.