މަޖިލީހުގެ ނައިބު ރައީސް ހޮވުން މިރޭ

އަސްލަމް މިއަދު ވަނީ ނައިބް ރައީސް ހޮވުމަށް މިރޭ 8:30 ގައި ޖަލްސާއެއް ބާއްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް: ނައިބް ރައީސް ހޮވަން މިރޭ ޖަލްސާއެއް ބާއްވަނީ --

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް މިރޭ ޖަލްސާއެއް ބާއްވާނެކަން އިއުލާނު ކޮށްފި އެވެ.

ނައިބު ރައީސްގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އީވާ އިސްތިއުފާ ދެއްވާފައި ވަނީ ނައިބް ރައީސްގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މިއަދުގެ ޖަލްސާގައި ކުރިއަށް ދަނިކޮށެވެ.

ގަރާރު މަޖިލީހަށް ހުށަހެޅުމުން ރައީސް މުހައްމަދު އަސްލަމް ވަނީ އަމިއްލަ ދިފާއުގައި ޖަވާބްދާރީ ވުމަށް ފުރުސަތު ދެއްވާފަ އެވެ. އީވާ ވަނީ އަމިއްލަ ދިފާއުގައި ވާހަކަވެސް ދައްކަވާފަ އެވެ. ވާހަކަ ނިންމާލަމުން އީވާ ވަނީ އިސްތިއުފާ ދެއްވާ، އެވަގުތު ރިޔާސަތާ އިސްތިއުފާގެ ސިޓީ ހަވާލުކުރައްވާފަ އެވެ.

އީވާގެ އިސްތިއުފާ ވަގުތުން ވަނީ ރިޔާސަތުން އިއުލާނު ކުރައްވާފަ އެވެ. އަދި އީވާ ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ދެން ކުރިއަށް ނުގެންދެވޭނެކަން ވެސް އިއުލާނު ކުރެއްވި އެވެ.

އަސްލަމް މިއަދު ވަނީ ނައިބް ރައީސް ހޮވުމަށް މިރޭ 8:30 ގައި ޖަލްސާއެއް ބާއްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ.

ދިފާއުގައި ވާހަކަދައްކަވަމުން އީވާ ހަނދާން ކޮށްދެއްވީ އެމްޑީޕީ އުފެއްދުމަށް ކުރެވުނު ބުރަ މަސައްކަތްތަކާއި އެމްޑީޕީ އުފެދިގެން އައި އަސާސްތަކެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ ރައްޔިތުންގެ ލާބައާ މަންފާއަށް ނޫން ކަމަށާއި، މަސައްކަތް ކުރީ މަދު ބައެއްގެ ޖީބު ފުރަން ކަމަށެވެ. މިއަދު އޭނާ ވަކިކުރަން މަސައްކަތް ކުރަނީ އެކަންކަމާ ދެކޮޅު ހެދުމުން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައި ވަނިކޮށް އެމަނިކުފާނު ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.