ވަކި ކުރި ފަހުމީ ޕީއެޗްޑީ ހާސިލު ކުރައްވައިފި

ފަހުމީ މަގުބޫލުކަން ހޯއްދެވީ އޭނާ ސްކޫލްތައް ހިންގެވި ދުވަސްވަރު އެވެ. އަދި ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން ވެއްޓުނީ ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނަވައި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ވެގެނެވެ.

ފަހުމީ އޭނާގެ ޕީއެޗްޑީ ސެޓްފިކެޓާ ހަވާލުވެ ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދިނުމަށް ފަހު ހަތަރު ދުވަސްތެރޭ ކުއްލި ގޮތަކަށް މަގާމުން ދުރު ކުރި ސީއެސްސީގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން ޕީއެޗްޑީ ހާސިލު ކުރައްވައިފި އެވެ.

ފަހުމީ ޕީއެޗްޑީ ހާސިލު ކުރެއްވީ މެލޭޝިއާގެ ޔުނިވަސިޓީ ތުން ހުސެން އޮންއިންގަ އެވެ. ފަހުމީ ވަނީ ގްރެޖްއޭޝަން ހަފުލާގެ ފޮޓޯތަކެއް ހިއްސާކުރައްވައި އޭނާއަށް ހެޔޮ ދުއާ ކޮށް ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ. 

ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފަހުމީއަކީ ތައުލީމީ ދާއިރާގައި ވަރަށް މަޝްހޫރު އެހައި މަގުބޫލު ވެސް ބޭފުޅެކެވެ. ނަމަވެސް އޭނާ ޕީއެޗްޑީ ހާސިލު ކުރެއްވި ދާއިރާއަކުން ކަމެއް ވިދާޅެއް ނުވެ އެވެ. 

ރައްޔިތުންގެ މެދުގައި ފަހުމީ މަޝްހޫރު ކަމާއި މަގުބޫލުކަން ހޯއްދެވީ އޭނާ ރާއްޖޭގެ ބައެއް ސްކޫލްތައް ހިންގަވަން ޕްރިންސިޕަލްކަން ކުރެއްވެވި ދުވަސްވަރު އެވެ. އަދި ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން ވެއްޓުނީ ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނަވައި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ވެގެނެވެ.

އެ މައްސަލަ ގުޅިގެން އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުކަމުން ވެސް އޭނާ ވަކިކުރި އެވެ. އެކަމަކު އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ފަހުމީ މެލެޝިއާގައި ހުންނަ ދިވެހި އެމްބަސީގައި މަސައްކަތް ކުރައްވާފައި ވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އޭނާއަށް މަގާމު ދީފައި މަގާމުން ވަކި ކުރީ އާންމުންގެ ބަޔަކު އަލުން ޖިންސީ ގޯނާގެ ތުހުމަތުވި އެ މައްސަލަ ހިލުވާލައި ސަރުކާރަށް ޕްރެޝަރުތައް ކުރުމުން ކަމަށް ބުނާއިރު އޭނާ ވަކި ކުރީ ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނާތީ ކަމަށް ވެސް އަޑުތައް ފެތުރިފައި އޮވެއެވެ. 

ކޮމެންޓް

1
450
އިބުނު ޙަސަން
5 months ago

މިވައްތަރުގެ ލިޔުމަށް ކިޔަނީ ފުރައްސާރަ ކުރުމާއި ޖެއްސުން ކުރުމާއި މަލާމަތް ކުރުމުގެ ލިޔުން، ޘާބިނުހިފޭ ފުރޭމް ކުރެވިގެން ކޮށްފައިވާ ދަޢްވާއެއް، ކޯޓުން އޮތީ އެކަން ޘާބުތުކޮށް ބަދަލުދީ އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފަ، އާއިޝާ މުޙައްމަދަކީ ވެސް ކޮންމެ ވެސް މީހެއްގެ ދައްތައެއް ކޮއްކޮއެއް ފަހަރި އެއް މި ކަހަލަ ލިޔުންތަކުން އެ ލިޔުން ނިސްބަތް ކުރެވޭ މީހާގެ ޢައިލާ ގެ މީހުންނަށް ކުރާނެ އަސަރާއި މެދު ވެސް ޚަބަރެއް ލިޔުމުގެ ކުރިން ވިސްނާލައްވަން ވާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.