ހައި ކޯޓް ރިސެސްއަށް ދިޔައީ މި މަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތުގައި ވެސް ވަކި ބާވަތްތަކެއްގެ މައްސަލަތައް ކުރިއަށް ގެންދާނެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަ ނުނިމި އޮއްވައި މަސް ދުވަހުގެ ރިސެސްއަކަށް ހައި ކޯޓް ހިނގައްޖެ އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފަކީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިން ކުށުގައި 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ މައްސަލަ އެވެ.
ޔާމީންގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 21 ގަ އެވެ. އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމެވެ.
ހައި ކޯޓް ރިސެސްއަށް ދިޔައީ މި މަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތުގައި ވެސް ވަކި ބާވަތްތަކެއްގެ މައްސަލަތައް ކުރިއަށް ގެންދާނެ އެވެ.
އޭގެތެރޭ ހިމެނެނީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ބާވަތްތަކުގެ މައްސަލަތަކާއި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސްތަކާއި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތަކެވެ.