އެމްޑީޕީގެ ބައެއް ކޮމެޓީތަކާ ސޯލިހު ބައްދަލު ކުރައްވައިފި

ރައީސް ސޯލިހު އެ ޕާޓީގެ ވަގުތީ ރައީސް ކަމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ އއ. އުކުޅަކުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ޕާޓީގެ ބައެއް ކޮމެޓީތަކާ ބައްދަލުކުރައްވަނީ --

އެމްޑީޕީގެ ވަގުތީ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ޕާޓީގެ ބައެއް ކޮމިޓީތަކާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންނެވުމަށްފަހު އެމްޑީޕީގެ ހަރަކާތަކުން ރައީސް ސޯލިހު ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.

އެމްޑީޕީން މިއަދު ބުނެފައި ވަނީ އެ ޕާޓީގެ ތިން ކޮމެޓީއެއްގެ މެމްބަރުންނާ ރައީސް މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެއީ، ޕާޓީގެ ކެމްޕެއިން ކޮމިޓީ، މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު ހުންނަވާނީ އެމްޑީޕީއާއެކު ވަރުގަދަ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ކަމަށް ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. އަދި އެމްޑީޕީ ވެސް އޮންނާނީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އެ ޕާޓީގެ ވަގުތީ ރައީސް ކަމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ އއ. އުކުޅަކުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ. 

މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައި ފަހުން އެމްޑީޕީގެ މާ ބޮޑު އަޑެއް ނުއިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.