ކްލައިމެޓް ވަލްނެރަބަލް ފޯރަމް އެސްޖީއަކަށް ނަޝީދު

ރައީސް ނަޝީދަކީ ތިމާވެށީ މައްސަލަތަކުގައި އަޑު އުފައްލަވާ އަދި ތިމާވެށީގެ ޗެމްޕިއަނެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މަގާމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަން ކޮށްފި އެވެ.

ސީވީއެފްގެ އެސްޖީގެ މަގާމަށް އައްޔަން ކުރުމުން ޝުކުރު އަދާ ކުރެއްވުމާއެކު ރައީސް ނަޝީދު ވިދާޅުވީ ސީވީއެފްގެ ރިޔާސަތާ އަލަށް ހަވާލުވެވަޑައިގަންނަވާ ބާބެޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލޭއާއެކުގައި މަސައްކަތްޕުޅު ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. 

ރައީސް ނަޝީދަކީ ތިމާވެށީ މައްސަލަތަކުގައި އަޑު އުފައްލަވާ އަދި ތިމާވެށީގެ ޗެމްޕިއަނެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.
 
ކްލައިމެޓް ވަލްނެރަބަލް ފޯރަމް - ސީވީއެފަކީ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ އެކި މައްސަލަތަކަށް ވަކާލާތު ކުރަން އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފެއްދީ ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ރާއްޖެ އާއި އެ މަނިކުފާނު އިސް ރޯލެއް އަދާ ކޮށްގެނެވެ. ބައިނަލްއަގުވާމީ އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.